އައްޑޫގައި އަލަށް ހުޅުވާ ރިސޯޓަށް މުވައްޒަފުން ހޯދަނީ

އައްޑޫ ސިޓީގައި މިހާރު ހުޅުވަން ތައްޔާރުވަމުން އަންނަ ރިސޯޓު، ސައުތު ޕާމް މޯލްޑިވްސް އަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ. އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވަން ހަމަޖެހިފައިވާ މިރިސޯޓަށް މުވަ...

09 Nov 2019 | 07:43

އައްޑޫ ސިޓީގައި މިހާރު ހުޅުވަން ތައްޔާރުވަމުން އަންނަ ރިސޯޓު، ސައުތު ޕާމް މޯލްޑިވްސް އަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވަން ހަމަޖެހިފައިވާ މިރިސޯޓަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފައި ވަނީ ބަދިގެ، ފްރޮންޓް އޮފީސް، ޓްރާންސްޕޯޓް، އެފްއެންޑްބީ އަދި ހައުސްކީޕިން އަށެވެ.

ސައުތު ޕާމުން ބުނިގޮތުގައި، މިވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސީވީ އާއި އިތުރު ލިޔުންތައް ފޮނުވުމަށެވެ.

ސައުތު ޕާމް ރިސޯޓަކީ 2017 ވަނަ އަހަރު ތަރައްޤީކުރަން ފެށި ރިސޯޓެކެވެ. މިރިސޯޓުގައި 130 ވިލާ ހަދާފައިވާއިރު، މީގެތެރޭގައި ޕާމްސް ވިލާ އާއި، ސަންރައިޒް ވިލާ އާއި، ފެމިލީ ވިލާއާއި، ބީޗް ވިލާގެ އަދި އޯވަ ވޯޓާ ވިލާތައް ހިމެނެއެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ހަދާ މި ރިސޯޓުގައި ފުރަތަމަ ފިޔަވަހީގެ ދަށުން 60 ބީޗް ވިލާ، 30 ވޯޓާ ވިލާ، 20 އޯޝަން ވިލާ އަދި ބާއެއްގެ އިތުރުން ސްޕާ އަދި ރެސްޓޯރެންޓެއް ހުޅުވާނެ ކަމަށް ސައުތު ޕާމުން ވަނީ ބުނެފައެވެ.

މި ރިސޯޓަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޑޫގައި ތަރައްޤީކުރަން ފެށި ރިސޯޓެކެވެ. މިއީ އައްޑޫ ސިޓީގައި ތަރައްޤީކުރެވުނު ތިންވަނަ ރިސޯޓެވެ. އައްޑޫގައި މިހާރު ހިންގާ ދެރިސޯޓަކީ ކެނަރީފް ރިސޯޓް މޯލްޑިވްސް އާއި ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް