ފިލްމުތަކަށް ޝައުގުވެރިކަން ހުންނަ އަދި ފިލްމް ބަލާހިތްވާ އަންހެން ކުދިން ވަރަށް ކަމުދާ ކަމަށް ބޮލީވުޑްގެ ތަރި ކާތިކް އާރްޔާން ބުނެފިއެވެ.
ދާދި ފަހުން ލޯބިވެރިޔާ އާއި ވަކިވި ކާތިކް މެގަޒިންއަކަށް ދިން އިންޓަވިއުއެއްގައި ބުނީ، އަންހެން ކުދިންގެ ތެރެއިން ފިލްމީ އަދި ޑްރާމާ ބޮޑު އަންހެން ކުދިން ވަރަށް ކަމުދާ ކަމުގައެވެ. އިތުރަށް ކާތިކް ބުނީ އަންހެން ކުއްޖާ ކޮންމެ ސިފައެއް ޖެހި ނަމަވެސް އެއީ ރަގަޅު ކުއްޖެއްނަމަ އޭނާއަށް ކަމުދާނެ ކަމުގައެވެ.
ކާތިކް ބުނީ، ފިލްމް ބަލާހިތްވާ އަންހެން ކުއްޖެއްނަމަ 'މޫވީ ޑޭޓް' ތަކަށް ދެވޭނެ ކަމަށާއި ދެމީހުން އެކީ ފިލްމެއް ބަލަމުން ވަގުތު ހޭދަކުރެވޭނެ ކަމަށެވެ.
މީގެއިތުރުން، އަންހެން ކުދިންގެ ތެރެއިން ރަގަޅު ސުރިޚީތަކަށް ވާހަކަ ދައްކާލެވޭ އަންހެން ކުދިން ކަމުދާކަމަށް ވެސް ކާތިކް ވަނީ ބުނެފައެވެ.
ކާތިކްއަށް ކަމުދަނީ ކޮންކަހަލަ އަންހެން ކުދިންނެއްތޯ ސުވާލުކޮށްފައި މިވަނީ ދާދި ފަހުން ލޯބިވެރިޔާ އާއި ވަކިވުމަށްފަހު 'ސިންގަލް' ކޮށް މިވަގުތު ހުރީމައިކަމަށް ކާތިކް އާއި ސުވާލުކުރި ނޫސްވެރިޔާ ވަނީ ބުނެފައެވެ. ނޫސްވެރިޔާ އެހެން ބުނުމުން ކާތިކް ބުނީ އަދި މިވަގުތު ލޯބިވެރިޔަކު ބޭނުންނުވާ ކަމުގައެވެ. ނަމަވެސް އޭނާ އަކީ އަންހެން ކުދިންނާ 'ފްލާޓް' ކުރާ މީހެއް ކަމަށް ކާތިކް ވަނީ ބުނެފައެވެ.
ކާތިކް ލޯބީގެ ގޮތުން ގުޅިގެން އުޅުން ސާރާ އަލީ ޚާން އާއި ވަކިވީ މިދިޔަ މަހުގެ ތެރޭގައެވެ. ދެތަރިން ވަކިވި ނަމަވެސް ދެތަރިން ދަނީ އެކީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދެތަރިން އެކީ ފެނިގެންދާ ފިލްމް 'އާޖް ކަލް" ގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް