ފުޓްބޯޅަ ލެޖެންޑުންގެ ހަރަކާތްތަކަކުން "މަވެސް ދަން" ކެމްޕެއިން ފަށައިފި

ފުޓްބޯޅަ ލެޖެންޑުންގެ ހަރަކާތްތަކަކުން "މަވެސް ދަން" ކެމްޕެއިން ފަށައިފިއެވެ. ދިވެހި ފުޓްބޯޅައިގެ މައި އިދާރާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެއްޔެ ފެށި މި ކެމްޕެއިނަކީ ފީފާ ވ...

09 Nov 2019 | 05:50

ފުޓްބޯޅަ ލެޖެންޑުންގެ ހަރަކާތްތަކަކުން "މަވެސް ދަން" ކެމްޕެއިން ފަށައިފިއެވެ.

ދިވެހި ފުޓްބޯޅައިގެ މައި އިދާރާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެއްޔެ ފެށި މި ކެމްޕެއިނަކީ ފީފާ ވަރލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މާލޭގައި ކުޅޭ ދެ މެޗަށް ސަޕޯޓަރުންގެ ފޯރިގަދަ ކުރުމުގެ ގޮތުން ފެށި ކެމްޕެއިނެކެވެ.

ގައުމީ ޓީމު ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ފިލިޕީންސާ ދެކޮޅަށް ނުކުންނަ އިރު، އަންނަ ހަފުތާގެ ހޯމަ ދުވަހު ގުއާމް އާދެކޮޅަށް ނުކުންނާނެއެވެ. މި ދެމެޗުވެސް ކުޅޭނީ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

ފިލިޕީންސް މެޗަށް ޓިކެޓް ވިއްކަން އަންނަ އަންގާރަ ދުވަހު ފެށުމުގެ ގޮތުންވެސް އެފްއޭއެމް ސަރަހައްދުގައި ފޯރިގަދަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އެގޮތުން އެދުވަހު ހަވީރު ޓިކެޓް ވިއްކަން ފަށާއިރު، އެ ސަރަހައްދުން ގައުމީ ޓީމުގެ އައު ޖާޒީވެސް ވިއްކަން ހުންނާނެއެވެ. އަދި ޖާރޒީގެ ފަހަތުގައި ނަމާއި ނަމްބަރު ވަގުތުން ޖެހޭނެ އިންތިޒާމުވެސް އަންނަނީ ހަމަޖައްސަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް