އުއްމީދަކީ އިންތިގާލީ އިންސާފްގެ ބިލުގެ ސަބަބުން ހައްގު ބަދަލު ލިބުންކަމަށް އެޕާޓީގެ ނައިބް ރައީސްކަމަށް ވާދަކުރައްވާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަންވެސް މިހާރު ކުރައްވާ އަސްލަމް މިހގެން ވިދާޅުވީ އޭނާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ނުސްވެރިންނާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އިންތިގާލީ އިންސާފްގެ ބިލް ފާސްވެގެންގޮސް ކުޑަ މިންވަރަކުންވެސް އަދި އެންމެ މީހަކަށްވެސް މީގެން އިންސާފު ހޯދައިދެވުމަކީ ކުރާ އުއްމީދެއް ކަމަށެވެ.
"މިހާރުވެސް އެކިގޮތްގޮތުން ހައްޔަރު ކުރެވި އެކި ގޮތްގޮތުން އަނިޔާ ލިބިފައިވާ އެމް.ޑީ.ޕީއަށް ނިސްބަތްވާ 1700 މީހުންގެ މައްސަލަތައްވެސް ރަނގަޅަށް ބެލި އެމީހުންނަށް ހައްގު ބަދަލު ލިބިގެންދިއުމަކީ އެންމެ ބޮޑު އުއްމީދު" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މައިގަނޑު މަޤުޞަދަކީ ރާއްޖޭގައިވެސް 2012 ގެ ފަހުން މިހިނގާދިޔަ ކަންތައްތަކާއި ގުޅޭ ގޮތުން އެކަމުގައި އަނިޔާ ލިބުނު މީހުންނާއި ގެއްލުން ލިބުނު މީހުންނަށް އެތަކެއް ދުއްތުރާތަކެއް ކުރިމަތިވީ މީހުންނަށް މީގެ ބަދަލެއް ހޯދައިދިނުން ކަމަށެވެ.
މީގެ އިތުރުން އަސްލަމް ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ތެރޭގައިވެސް ސިޔާސީގޮތުން ބަޔާން ނުކުރެވި އެތައް ބަޔަކަށް އެތައް ގޮތަކުން ގެއްލުން ދެވިގެން ދިޔަ މަންޒަރު ފެނިގެންގޮސްފައިވާނެ ކަމަށާއި ގާނޫނުގެ ބޭރުން އެތަކެއް ބަޔަކު ހައްޔަރުގައި ތިބެ އެތަކެއް އާއިލާތަކަށް ގިނަ ގުނަ ތަކްލީފްތަކާއި ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.
އިންސާފު ހޯދަ ދޭންޖެހެނީ މުޅި ރައްޔިތުންނަށް ކަމަށާއި ދިވެހި ކޮންމެ ރައްޔިތަކަށްވެސް މި ގާނޫނުގެ ހުދޫދުގެ ތެރެއިން ފޯރުކޮށްދެވޭނެ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމްކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް އަސްލަމްވަނީ ފާހަގަކުރައްވާފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ ނޮވެމްބަރ 22 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް