ކޮވިޑް-19 ޖެހިގެން އިންޑިއާއިން އިތުރު އެއްހާސް މަރު!

ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން އިތުރު 1000 މީހުން މަރުވެއްޖެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު...

09 Oct 2020 | 04:46

ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން އިތުރު 1000 މީހުން މަރުވެއްޖެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 70,818 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އެގޮތުން އިއްޔެ ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމަކައްވެސް ވެފައިވަނީ ވަރަށްޓެރި އިންޑިއާއެވެ.

ގިނަ ބަޔަކު ފައްސިވެ އިންޑިއާގެ ހާލަތު ގޯސްވެފައި ވާއިރު، އެޤައުމުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 6,903,806 އަށް އަރާފައެވެ.

ކޮވިޑް-19ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިންޑިއާ އަކީ ދުނިޔެއިން ދެވަނަ އަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ. އަދި މިވަގުތު ދުނިޔޭގައި އެންމެ ހާލު ގޯސްވެފާ ޤައުމަކީ އިންޑިއާކަމަށް ރިޕޯޓުތައް ބުނާއިރު، އެޤައުމުގައި މި ބަލިމަޑުކަމުގެ ހާލަތު ދުވަހެއް ދުވަހަކަށް އަންނަނީ ގޯސްވަމުންނެވެ.

އިންޑިއާއިން އިއްޔެވެސް ކޮވިޑް-19 ޖެހިގެން ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 106,554 އަށް އަރާފައެވެ.

އިންޑިއާ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 6,903,806 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 5.6 މިލިއަން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު މި ބައްޔަށް ފަރުވާދެމުން ދާ 894,082 މީހަކު އެބަތިއްބެވެ. އޭގެތެރެއިން 8000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް