މިމަހު ކައިވެނި ކުރާ ނޭހާއާއި ރޯހަން ލޯބީގެ ގޮތުން ގުޅުނީ ލޮންޑައުން ތެރޭގައި

މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރާއި ލޯބިވެރިޔާ ރޯހަމް ޕްރީތް ސިންގް ލޯބީގެ ގޮތުން ގުޅުނީ ކޯވިޑް-19 ގެ ލޮކްޑައުން ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ރޯހަން އަކީ މަޝްހޫރު މިއުޒިޝަނެކެވެ. މި ދ...

09 Oct 2020 | 02:40

މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރާއި ލޯބިވެރިޔާ ރޯހަމް ޕްރީތް ސިންގް ލޯބީގެ ގޮތުން ގުޅުނީ ކޯވިޑް-19 ގެ ލޮކްޑައުން ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރޯހަން އަކީ މަޝްހޫރު މިއުޒިޝަނެކެވެ. މި ދެ ތަރިން ލޯބީގެ ގޮތުން ގުޅި ކުއްލިއަކަށް މި މަހު 24 ގައި ކައިވެނި ކުރާކަން އެނގުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައި އެވެ.

ނޭހާ އާއި ރޯހަންގެ ގުޅުމާއި މެދު ވާހަކަ ދެކެވޭތާ ދެތިން މަސްވެފައިވާއިރު ދެ މީހުންގެ ގުޅުމާއި ބެހޭގޮތުން މާގިނަ މައުލޫމާތެއް ސާފުވާގޮތެއް ނުވެ އެވެ. ބައެއް ނޫސްތަކުގައި ބުނެފައިވާގޮތުގައި ލޮކްޑައުންގައި ދެ މީހުން ބައްދަލުވެ ލޯބީގެ ގުޅުން އުފެދުމާއި އެކު ނިންމީ ވީހާވެސް އަވަހަކަށް ކައިވެނި ކުރާށެވެ.

ކައިވެނި ކުރާ ތާރީހުވެސް ރަސްމީކޮށް އެއްވެސް މީހަކު ހާމަކޮށްފައި ނުވި ނަމަވެސް ނޭހާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުން އެނގޭގޮތުގައި ކައިވެނީގެ ތައްޔާރީތައް ދަނީ ވަމުންނެވެ. އެގޮތުން ނޭހާ ރޯހަންގެ މައިންބަފައިންނާއި ބައްދަލު ކޮށް ނަގާފައިވާ ފޮޓޯއެއް ހާމަކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް