ކޯޓު ކައިރީގައި ކުރިއަށް ގެންދިޔަ ސުލްހަވެރި އެއްވުމަށް ހުރަސް އެޅި ކަމަށްބުނެ ކުށްވެރިކޮށްފި

ޕީޕީއެމްއާ ޕީއެންސީން މިއަދު ކްރިމިނަލް ކޯޓު ކައިރީގައި ކުރިއަށް ގެންދިޔަ ސުލްހަވެރި މުޒާހަރާއާ ގުޅިގެން ފުލުހުންގެ އަމަލުތައް ހުރި ގޮތް ޕްރޮގްރެސިވް ކޯލިޝަނުން ކުށްވެރި ކޮށްފިއެވެ. ޕްރޮގްރެސިވް ކޯލިޝ...

09 Oct 2019 | 18:10

ޕީޕީއެމްއާ ޕީއެންސީން މިއަދު ކްރިމިނަލް ކޯޓު ކައިރީގައި ކުރިއަށް ގެންދިޔަ ސުލްހަވެރި މުޒާހަރާއާ ގުޅިގެން ފުލުހުންގެ އަމަލުތައް ހުރި ގޮތް ޕްރޮގްރެސިވް ކޯލިޝަނުން ކުށްވެރި ކޮށްފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޯލިޝަނުން ކްރިމިނަލް ކޯޓު ކައިރީގައި އެ ކޯލިޝަނުގެ މެންބަރުން ތިބީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ނިމުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ކަމަށެވެ. އަދި އެތަނުގައި އެއްވެސް ހަމަ ނުޖެހުމެއް ނުހިންގާ ކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ.

އެ ކޯލިޝަނުން ބުނީ ސުލްހަވެރިކަމާއި އެކުގައި ހިޔާލުފާޅު ކުރަމުން ދަނިކޮށް ފުލުުހުން ޕީއެންސީގެ ކައުންސިލް މެންބަރަކު ހައްޔަރުކުރި ކަމަށެެވެ. އެހެންކަމުން އެ މެންބަރު ވަގުތުން ދޫކޮށްލުމަށް އެދެޕާޓީން ވަނީ ގޮވާލައިފައެވެ. އަދި ބުނީ ހައްޔަރުކުރީ އަންހެން މެންބަރެއް ކަމަށާއި ހައްޔަރުކުރީ ވަރަށް އަނިޔާވެރި އަދި އަންހެނުންގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް ކަމަށެވެ. އެހެންކަމުން އެކަންވެސް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެފައިވެއެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ މިއަދުގެ އެއްވުން ކަވަރު ކުރުމަށް އެތަނަށް ގޮސް ތިބި މީޑިއާތަކުގެ ތެރެއިން ޗެނަލް 13ގެ ނޫސްވެރިންނަށް ހަމަލާދީފައިވާ ކަމަށެވެ. އެކަން ކުށްވެރިކޮށް ޕީޕީއެމް ޕީއެންސީން ބުނީ ގާނޫނު އަސާސީގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ލިބިދީފައިވާ ހައްގެއް ކަމަށާއި މީޑިއާގެ މިނިވަންކަން ނިގުޅައި ގަތުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

މިއަދު ބޭއްވި ރައީސް ޔާމީންގެ ޝަރީއަތުގައި އޮތީ ހުލާސާ ބަޔާން ދެ ފަރާތުން ވެސް އިއްވުމެވެ. ހުލާސާ ބަޔާން އިއްވާ ނިމުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު މައްސަލާގައި ހުކުމް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް