ފީނަން ގޮސް އުޅުނު މީހެއްގެ ގައިގާ ލޯންޗެއްގެ ބުރަފަތިން ޖެހި އެމީހާގެ ފައި ބުރިވެއްޖެއެވެ.
ފައި ބުރިވެފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއްގެ އެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ރ. އަތޮޅު ނެލު (ފަޅުރަށެއް) ގެ އިރުމަތީ ފަރާތު އުރަފަށް ކައިރީގައި ސްނޯކްލިން އަށް ގޮސް އުޅުނު މީހެއްގެ ގައިގާ، ދުއްވާފައިދިޔަ ޑިންގީއަކުން ޖެހި ޒަހަމްވެފައިވާކަމުގެ ރިޕޯޓް މިއަދު ހަވީރު 4:00 ހާއިރު ފުލުހުންނަށް ލިބިފައިވެއެވެ.
"މި ހާދިސާގައި އަނިޔާވެފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކަށް، އޭނާ އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން. އިތުރު ފަރުވާ ދިނުމަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާގައި އޭނާގެ އެއް ފައި ބުރިވެފައިވާކަން ފުލުހުންވެސް ކަށަވަރުކޮށްދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް