ހުޅުމާލެ ޓްރީ ޓޮޕް ހޮސްޕޓަލް ކައިރީގައި ދެ ކާރު ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީ، ރީތި ގަސް މަގާއި އަސުރުމާ ހިނގުން ގުޅުނު ހަތަރު އަނގޮޅި ކަންމަތިން ދެ ކާރު ޖެހިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ މިއަދު ހެނދުނު 10:04 ހާއިރުއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެކްސިޑެންޓްވި ދެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ އުޅަނދު ދުއްވަން އިން ދެ މީހުންއަތުގައިވެސް ލައިސެންސް އޮތް ކަމަށާއި މި މައްސަލަ އިތުރަށް ދަނީ ތަޙްޤީޤް ކުރަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް