އައްޑޫ ސިޓީ ލިންކް ރޯޑް ގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސް އެކްސިޑެންޓެއް ވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ލިންކް ރޯޑް ގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސް އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު މިއަދު 13:00 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން މި އެކްސިޑެންޓްގައި ޕިކަޕްގެ އެތެރޭގައި ތިބި ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި ޕިކަޕްގެ ފަހަތުގައި ތިބި ތިން މީހުނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަނިޔާ ލިބުނު މީހުންނަށް މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް