ވަގަށް ނަގާފައިވާ ގިނަ އަދެއްގެ ފައިސާތަކަކާއި އަގުބޮޑެތި ސާމާނުތަކަކާ އެކު މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ގިނަ އަދެއްގެ ފައިސާތަކަކާއި އަގުބޮޑެތި ސާމާނުތަކަކާ އެކު މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި މި މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު 09:40 ހާއިރު އ...

09 Oct 2019 | 10:29

ވަގަށް ނަގާފައިވާ ގިނަ އަދެއްގެ ފައިސާތަކަކާއި އަގުބޮޑެތި ސާމާނުތަކަކާ އެކު މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މި މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު 09:40 ހާއިރު އޭނާގެ އަމަލުތަށް ހުރިގޮތުން ހުއްޓުވައި ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އޭނާގެ އަތުން ވަގަށް ނަގާފައިވާ ގިނަ އަދެއްގެ ފައިސާތަކަކާއި އަގުބޮޑެތި ސާމާނުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެގޮތުން ބަލާ ފާސްކުރި އިރު، ވަގަށް ނަގާފައިވާ ސަމްސަންގެ ޓެބަކާއި ސަމްސަންގެ ގެލަކްސީ ނޯޓް 10 އަކާއި 6697 ރުފިޔާ، 40 ޑޮލަރުގެ އިތުރުން، ޓިސޮޓް ބްރޭންޑްގެ 19000 ރުފިޔާ ގެ އަގުހުރި ގަޑިއެއް ވަނީ ފެނިފައެވެ.

މި ތަކެއްޗާއެކު ފުލުހުން ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ދަނީ އިތުރަށް ތަޙްޤީޤް ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް