އައިޓީއެފްސީގެ ފަރާތުން ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ އެހީ ދެނީ

ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ އެހީ ދިނުމުގެ ފްރޭމްވޯކް އެގްރީމެންޓުގައި ފިނޭންސް މިނިސްޓްރީ އާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު އެއްބަސްވުމެއްގައި ސ...

09 Oct 2019 | 09:49

ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ އެހީ ދިނުމުގެ ފްރޭމްވޯކް އެގްރީމެންޓުގައި ފިނޭންސް މިނިސްޓްރީ އާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު ޙާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވަނީ ބައިވެރިވަޑައިގެންފައެވެ.

https://twitter.com/presidencymv/status/1181842145709158400

އެގޮތުން ރާއްޖޭގެ ފަރާތުންމި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއީ ސޮންބޮލް އެވެ.

މިއަދު ސޮއިކުރި  1.5 ބިލިއަން ޑޮލްރުގެ ފްރޭމްވޯކް އެގްރިމެންޓަކީ  ވިޔަފާރިއާ އިގްތިސާދީ ކަންކަން ކުރިއެރުވުމަށް ވެވުނު އެއްބަސްވުމެކެވެ.

އައިޓީއެފްސީގެ ސީއީއޯ ސަލީމް ވިދާޅުވީ މިއަދު ސޮއިކުރެވުނު މި އެއްބަސްވުމަކީ އަގު ނުކުރެވޭ ވަރުގެ އެއްބަސްވުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ މަސްވެރިކަން ފަދަ ދާއިރާތަކަށް އިތުރަށް އެހީވާނެ ކަމަށެވެ.

މި ހަފްލާގައި އައިޓީއެފްސީގެ ސީއީއޯ ސަލީމް ވަނީ އެ ކޯޕަރޭޝަނުގެ މެމްބަރަކަށް ވުމަށް ރާއްޖެއަށް ދައުވަތު  ވެސް އަރުވާފައެވެ.

އައި.ޓީ.އެފް.ސީ އަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ދަށުގައި ހިމެނޭ މާލީ އެހީ ފޯރުކޮށްދޭ ކޯޕަރޭޝަނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް