ޕިކަޕެއް އޯވަރޓޭކް ކުރަން އުޅުނު ޖީއެން ސައިކަލެއް އެކްސިޑެންޓް ވެއްޖެ

ހުޅުމާލޭގައި ޕިކަޕެއް އޯވަރޓޭކް ކުރަން އުޅުނު ޖީއެން ސައިކަލެއް އެކްސިޑެންޓް ވެއްޖެ އެވެ. ހުޅުމާލެ ފިތުރޯނު މަގުގައި މިއަދު ހިނގި މި އެކްސިޑެންޓްގައި، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޖީއެން ސައިކަލެއް...

09 Oct 2019 | 09:17

ހުޅުމާލޭގައި ޕިކަޕެއް އޯވަރޓޭކް ކުރަން އުޅުނު ޖީއެން ސައިކަލެއް އެކްސިޑެންޓް ވެއްޖެ އެވެ.

ހުޅުމާލެ ފިތުރޯނު މަގުގައި މިއަދު ހިނގި މި އެކްސިޑެންޓްގައި، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޖީއެން ސައިކަލެއް، އެމަގުން ދުއްވާފައި ދިޔަ ޕިކަޕެއް އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައި، އެމަގުގައި މަޑުކޮށްގެން އިން ޕީސީއެކްސް ސައިކަލެއްގައި ވަނީ ޖެހިފައެވެ.

އެމްޕީއެލް ސަރަހައްދުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު 10:43 ހާއިރު އެވެ.

ފުލުހުން ވިދާޅުވީ، މިއެކްސިޑެންޓްގައި ދެ ސައިކަލުގައި ތިބި ދެމީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި، ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ. މި ދެމީހުންގެ އަތުގައި ވެސް ލައިސަންސް އޮންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް