ބްރޯޑްކާސްޓް ކޮމިޝަންގެ ރައީސް ކަމުން ޝަހީބު އިސްތިއުފާ ދެއްވައިފި

ބްރޯޑްކާސްޓް ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވައިފި އެވެ. ބްރޯޑްކޮމްގެ ރައީސް ކަމުން ޝަހީބު އިސްތިއުފާ ދެއްވާފައި މިވަނީ، އެމަގާމުން އޭނާ ވަކިކުރުމުގެ މަސައްކަތް މިއަދުގެ މަޖިލިސް ޖ...

09 Oct 2019 | 08:32

ބްރޯޑްކާސްޓް ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވައިފި އެވެ.

ބްރޯޑްކޮމްގެ ރައީސް ކަމުން ޝަހީބު އިސްތިއުފާ ދެއްވާފައި މިވަނީ، އެމަގާމުން އޭނާ ވަކިކުރުމުގެ މަސައްކަތް މިއަދުގެ މަޖިލިސް ޖަލްސާގައި ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ. އޭނާގެ އިތުބާރު ނެތްކަމަށް ކޮމިޓީން ނިންމުމަށްފަހު އެ މައްސަލައިގައި ވޯޓަށް އަހަން ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.

ޝަހީބުގެ އިތުރުން، އެ ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒޭނާ ވަކިކުރުމުގެ މަސައްކަތް ވެސް މިއަދު މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މަޖިލީހުގެ އެޖެންޑާގައި އިތުރު މައްސަލަތަކެއް ހުރުމުގެ ސަބަބުން އެ މައްސަލާގައި މިއަދު ބަހުސް ކުރެވޭގޮތެއް ނުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް