މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ނަމުގައި ފޭކް ޓްވިޓާ އެކައުންޓެއް ހަދައިގެން މީހުންނާ މުއާމަލާތް ކުރާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ، އެ ކުންފުނީގެ ރަސްމީ ޓްވިޓާރ ހެންޑްލް އާއި އެއްގޮތަށް ފޭކް އައިޑީ އެއް ހަދައިގެން، ޓްވިޓާރ ބޭނުންކުރާ ފަރާތްތަކާއި މުއާމަލާތް ކުރަމުންގެންދާ ކަމަށް އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މި ފޭކް އައިޑީ އިން އެ ކުންފުނީގެ ނަމަށާއި އަބުރަށް ހުތުރުވާގޮތަށް ޓްވީޓްތައް ކުރަމުން ގެންދާ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
އެމްޑަބްލިއުއެސްސީގެ ރަސްމީ ޓްވިޓާރ އެކައުންޓުން އެއްވެސް ފަރާތަކާއި ބޭ އަދަބީކޮށް މުއާމަލާތް ނުކުރާނެ ކަމަށް އެކުންފުނިން ފާހަގަކުރިއެވެ. އެހެންކަމުން މި ފޭކް އައިޑީ އާއިމެދު ސަމާލުވުމަށް އެކުންފުނީގެ އެންމެހާ ކަސްޓަމަރުންގެ ކިބައިން އެދޭ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް