ޑައިވްކުރަނިކޮށް ޑިކޯވި ފަތުރުވެރިއަކަށް ފަރުވާ ދެނީ

ޑައިވްކުރަން އުޅުމުގެ ތެރޭގައި، ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ދިމާވެ، ހާލުދެރަވި ފަތުރުވެރިއަކު އއ. ކުރަމަތީ އައިލެންޑް ރިސޯޓަށް ގެންގޮސް ފައިވާ ދޭން ފަށައިފިއެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގ...

09 Oct 2019 | 07:08

ޑައިވްކުރަން އުޅުމުގެ ތެރޭގައި، ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ދިމާވެ، ހާލުދެރަވި ފަތުރުވެރިއަކު އއ. ކުރަމަތީ އައިލެންޑް ރިސޯޓަށް ގެންގޮސް ފައިވާ ދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި، ޑީކޯވެ، ހާލުދެރަވި ފަތުރުވެރިޔަކީ، އއ.ރަސްދޫ ކައިރީ އޮތް "ބުލޫ ޝާކް" ނަމަކަށް ކިޔާ ސަފާރީއެއްގައި ޑައިވްކުރަން އުޅުނު އަންހެން ފަތުރުވެރިއެއް ކަމަށެވެ. އުމުރުން 58 އަހަރުގެ މި މީހާއަށް އަވަސް ފަރުވާ ދިނުމަށް ކޯސްޓްގާޑުގެ އެހީއަށް އެދިފައި ވަނީ މިއަދު 6:30 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ކޯސްޓްގާޑުގެ އެހީގައި މިއަދު ހެނދުނު 9:38 ހާއިރު މި އަންހެން މީހާ ވަނީ ކުރަމަތި އައިލެންޑް ރިސޯޓަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް