ކެންސަރަށް މަގުފަހިވާ ޒެންޓެކް ބޭސް ދުނިޔޭގެ މާކެޓުން ނަގަން ފަށައިފި

ގޭސްޓްރިކް ބައްޔަށް ފަރުވާ ހޯދުމަށް ބޭނުންކުރާ ޒެންޓެކް ބޭސް ދާއިމީކޮށް ބޭނުންކުރުމުން ކެންސަރު ބައްޔަށް މަގުފަހިވާކަމަށް ބެލެވުމާއެކު މި ބޭސް މާކެޓުން ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށް މި ބޭސް އުފ...

09 Oct 2019 | 06:35

ގޭސްޓްރިކް ބައްޔަށް ފަރުވާ ހޯދުމަށް ބޭނުންކުރާ ޒެންޓެކް ބޭސް ދާއިމީކޮށް ބޭނުންކުރުމުން ކެންސަރު ބައްޔަށް މަގުފަހިވާކަމަށް ބެލެވުމާއެކު މި ބޭސް މާކެޓުން ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށް މި ބޭސް އުފައްދާ ކުންފުނި، ގްލާކްސޯސްމިތުކްލައިން ކުންފުނިން ނިންމައިފިއެވެ.

މި ބޭސް ގިނައިން ބޭނުންކުރާނަމަ ކެންސަރަށް ވަރަށް ބޮޑަށް މަގުފަހިވާކަން ހޯދައި އެކަން ހާމަކޮށްފައިވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުންނެވެ.

މި ބޭހުން ކެންސަރަށް މަގުފަހިކުރުވާ މާއްދާތައް ފެނިފައިވާކަމަށްވެސް ބުނެފައިވެއެވެ.

މި ބޭސް އުފައްދާ ކުންފުނިން ބުނެފައިވާގޮތުގައި އެގޮތުން އެ ބޭހުގެ ސިރަޕާއި އިންޖެކްޝަނާއި 150 މިލިގްރާމް އަދި 300 މިލިގްރާމްގެ ބޭސް ގުޅަ ބާޒާރުން ނެގުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެހެންނަމަވެސް 75 މިލިގްރާމްގެ ބޭހަކީ އަދި އެހެން ކުންފުންޏަކުން އުފައްދާ ބޭހެއް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި ބޭސް ދުނިޔޭގެ މާކެޓުން ނަގަން މި ކުންފުނިން ނިންމާފައިވާއިރު މި ބޭސް، ބޭސް ސިޓީއަކާއި ނުލާ ނުވިއްކަން ރާއްޖޭގެ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިންވެސް ވަނީ އަންގާފައެވެ. ނަމަވެސް މި ބޭސް ރާއްޖޭގައި ވިއްކުން އަދި މަނާކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް