ގައިދީންގެ ކަންބޮޑުވުންތައް ހާމަކޮށް ފޮނުވި ސިޓީތަކުގެ މައްސަލަ ބަލަނީ

ރާއްޖޭގެ އެކި ޖަލުތަކުގައި ތިބި ގައިދީން އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފައިވާ ސިޓީތަކުގެ މައްސަލަ ބެލުމަށް މަޖިލީހުގެ ހިއުމަން ރައ...

09 Oct 2019 | 06:23

ރާއްޖޭގެ އެކި ޖަލުތަކުގައި ތިބި ގައިދީން އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފައިވާ ސިޓީތަކުގެ މައްސަލަ ބެލުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުވައިފި އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ވޭތުވެދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެކި ޖަލުތަކުގައި ތިބި ގައިދީންގެ ކަންބޮޑުވުންތައް ބަޔާންކޮށް 16 ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެސިޓީތަކުގައި ހާމަކޮށްފައިވަނީ ޖަލުގައި ތިބޭ މީހުންގެ ކަންބޮޑުވުންތަކާއި، އެމީހުންގެ ޝަކުވާތައް ކަމުގައެވެ. ވަކިވަކި ސިޓީ ނުފޮނުވާ ވަކިއަދަދަކަށް ސިޓީ ލިބުމުން އޭގެ ޚުލާސާކޮށް މޮކިޓީއަށް ފޮނުވަން މަޑުކޮށްލައިގެން ހުންނެވީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖަލުގެ ހާލަތު ދެނެގަތުމަށްޓައި މި ސަރުކާރުން ވަނީ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ޖަލު ކޮމިޝަނެއް އެކުލަވާލައި، ޖަލުތަކުގެ އޮޑިޓެއް އެކުލަވާލާފައެވެ. އެ އޮޑިޓުން ޖަލުތަކުގައި އަދިވެސް ގައިދީންނަށް އަނިޔާކުރާ ކަމަށާއި، ގައިދީން ބައިތިއްބާފައިވާ ބައެއް ގޮޅިތަކުގެ ހާލަތު ވަރަށް ދަށް ކަމަށް ވަނީ ހާމަވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް