ބަންގްލަދޭޝްގައި ކާތަށިން އިސްތައްޓެއް ފެނިގެން އަނބިމީހާގެ ބޯ ބޭލި މީހަކު ހައްޔަރުކޮށްފި

ދާކާ، ބަންގްލަދޭޝް: ހެނދުނުގެ ނާސްތާއިން އިސްތައްޓެއް ފެނިގެން އެރި ރުޅީގައި އަނބިމީހާގެ ބޯ، ގަދަކަމުން ބޭލި ފިރިހެނަކު ބަންގްލަދޭޝްއިން ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ހުޅަނގު...

09 Oct 2019 | 06:18

ދާކާ، ބަންގްލަދޭޝް: ހެނދުނުގެ ނާސްތާއިން އިސްތައްޓެއް ފެނިގެން އެރި ރުޅީގައި އަނބިމީހާގެ ބޯ، ގަދަކަމުން ބޭލި ފިރިހެނަކު ބަންގްލަދޭޝްއިން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ހުޅަނގު ދެކުނުގެ ޑިސްޓްރިކްޓެއް ކަމުގައިވާ ޖޯއިފޫރަތަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ބާބޫ މޮންޑަލް ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ އަނބިމީހާގެ އުމުރަކީ 23 އަހަރެވެ. މި މައްސަލަގައިގާ އޭނާގެ މައްޗަށް 14 އަހަރުގެ ހުކުމެއް އައުން އެކަށީގެންވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ބަންގްލަދޭޝްގައި އަންހެނުންނަށް ކުރާ އަނިޔާ އިތުރުވެފައިވާކަމަށާއި އެ ގައުމުގައި ރޭޕްކުރުންވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަމުގައި ތަފާސްހިސާބުތަކުން ދައްކައެވެ.

އެގޮތުން މި އަހަރުގެގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހާއި ދެމެދު 630 އަށްވުރެ ގިނަ ރޭޕްކޭސް ރިޕޯޓްކޮށްފައިވެއެވެ. އެއީ ދުވާލަކު އެވްރެޖްކޮށް ތިން ރޭޕްކޭސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް