ބިދޭސީން ގައުމަށް ފޮނުވާ ފައިސާ އިން ނަގާ ޓެކްސް އުވާލަނީ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވާ ފައިސާ އިން ދައުލަތަށް ނަގާ ރެމިޓެންސް ޓެކްސް އުވާލަން ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުން ރެމިޓެންސް ޓެކްސް ނެގުން ހުއްޓާލަން ނިންމީ، ބ...

09 Oct 2019 | 05:43

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވާ ފައިސާ އިން ދައުލަތަށް ނަގާ ރެމިޓެންސް ޓެކްސް އުވާލަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން ރެމިޓެންސް ޓެކްސް ނެގުން ހުއްޓާލަން ނިންމީ، ބޭންކުތަކުގެ ބޭރުން ފައިސާގެ މުއާމަލާތްތައް ކުރުން އިތުރުވެފައި ވާތީ އެވެ. މި ޓެކްސް ނަގަން ފެށިފަހުން ބޭންކްތައް މެދުވެރިކޮށް ބޭރަށް ފޮނުވާ ފައިސާ މަދުވިކަމަށް ޓެކްސް ޕޮލިސީ ކޮންސެލްޓެންޓް ވަނީ ވިދާޅުވެފައެވެ.

ބިދޭސީން ގައުމަށް ފޮނުވާ ފައިސާ އިން ޓެކްސް ނަގަން ފަށާފައި ވަނީ 2016 ވަނަ އަހަރު ވަޒީފާ އާއި ބެހޭ ގާނޫނަށް ގެނައި އިސްލާހަށް ފަހު އެވެ. އެ އިސްލާހުގައި ވާގޮތުގައި، ބިދޭސީ މަސައްކަތްތެރިން މުސާރަ ޖަމާ ކުރަން ޖެހެނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ކޮންމެ އަހަރަކު 500 މިލިއަނަށްވުރެ ގިނަ ޑޮލަރު މުސާރައިގެ ގޮތުގައި ރާއްޖެ އިން ބޭރުކުރެއެވެ. ރެމިޓެންސް ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 114 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރު ލިބުނީ، 101 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް