ޖިމް އަށް ދިއުން ނުވަތަ ޖޮގިންއަށް ދިއުމަކީ ގިނަމީހުންނަށް ވަރަށް ބޮޑު ކަމެކެވެ. އިންޑިއާ އަށް ނިސްބަތްވާ ރުޖުތާ ކުލްކަރްނީ ވެސް ބުނީ ޖިމް އަށް ދިއުމާއި ދުވަން ދިއުމަކީ ބޮޑުކަމެއް ކަމަށެވެ. 24 އަހަރުގައި ހަށިގަނޑު ބަރުވެފައި 73 ކިލޯ ހުއްޓެވެ.
އޭނާ ބުނިގޮތުގައި އޭނާ އަކީ ވަރަށް ކަންނެތް މީހެކެވެ. ސޯފާގައި އޮށޯންނަގޮތަށް ނުތެދުވެވިފައި އެތައް އިރަކު އޮންނަން ޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ފަލަވުމުގެ ސަބަބުން ހިނގާލާއިރަށް ވަރުބަލިވުމާއި، އެސިޑިޓީ ހުރުން އަދި މާ އަވަހަށް ބަލިވާކަމަށް ވެސް ރުޖުތާ ފާހަގަކުރިއެވެ.
މާބޮޑަށް ހަށިގަނޑު ފަލަވެ މީހާ ކަންނެތްވާތީ އޭނާ ބޭނުންވީ ހިކޭށެވެ. ކިޔަވާ ކުއްޖެއް ކަމުން، ކަންނެތްކަމުގެ ސަބަބުން ކިޔެވުމަށް ބުރޫއަރާކަމަށް އޭނާ ބުންޏެވެ. ފުރަތަމަ ދުވަސްކޮޅު ޖިމް އަށް ދިޔަ ނަމަވެސް މާ ވަރުބަލިވާކަހަލަ އެކްސަސައިޒެއް ނުކުރެއެވެ.
ޖިމް އަށް ދާން ބޮޑުކަމަކަށް ވާތީ އެންމެފަހުން ޔޫޓިއުބް ބަލައިގެން ގޭގައި ޒުމްބާ އާއި އެކްސަސައިޒްތައް ކުރަން ފެށީއެވެ. ކޮންމެ ދުވަހަކު ވެސް 45 މިނެޓު ޒުމްބާ ޖައްސާކަމަށާއި، މަދުވެގެން 30 މިނެޓު ކަސްރަތު ކުރާކަމަށް އޭނާ ބުންޏެވެ.
ކަސްތަރުކުރާން ފެށުމުން ކެއުމަށް ވެސް ބަލަން ފެށިއެވެ. އެގޮތުން ހެނދުނު ހޭލާގޮތަށް ރުޖުތާ ބޮނީ ލުނބޯ ފަނިތައްޓެކެވެ. އޭގެ ފަހުން ނުވައެއް ޖަހާއިރު ކަނީ އެއް ރޮއްޓާއި ބައިވަރު ފެނުކެއްކި ތަރުކާރީ އެވެ. މެންދުރު ކަނީ ދެ ރޮއްޓާއި ފެނުކެއްކި ތަރުކާރީ އެވެ. ރޭގަނޑު ބަތާއި ކޮންމެވެސް ވައްތަރެއްގެ ރިހައެއް ކާކަމަށް އޭނާ ބުންޏެވެ.
ކޮންމެ ވޯކްއައުޓްއަކަށް ފަހު ވަރަށް ގިނައިން ފެން ބޯ ކަމަށް ވެސް އޭނާ ބުންޏެވެ.
މަސައްކަތް ފެށި ހިސާބުން ރައްޓެހިންނާއި އާއިލާގެ މީހުން ހިކޭކަމަށް ބުނުމުން އިތުރު ހިތްވަރެއް ލިބުނު ކަމަށް އޭނާ ބުންޏެވެ. އަދި ކަސްތަރު ކުރާން ފެށުމުން ކަންނެތްކަން ފިލައި ދިޔަ ކަމަށާއި، މިހާރު އަބަދުވެސް އުޅެވެނީ ކޮންމެވެސް މަސައްކަތެއް ކުރަން ކަމަށް ރުޖުތާ ވަނީ ބުނެފައެވެ. މިހާރު އޭނާގެ ބަރުދަނުގައި ހުންނަނީ 58 ކިލޯއެވެ.
އަދި މިއަށްވުރެ ބޮޑަށް މަސައްކަތް ކުރެވުނު ނަމަ ނަޖީތާ މިއަށްވުރެ ރަގަޅު ވާނެ ކަމަށް އޭނާ ބުންޏެވެ. މިކަހަލަ ކަންކަމުގައި ބޭނުންވާނީ ކެތްތެރިކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް