ސުޕަރސްޓާ އާމިރް ޚާނާއި އެކީ ފިލްމެއް ކުޅެލަން ލިބުމަކީ ލިބޭ ފަޚުރެއް ކަމަށް ކަރީނާ ކަޕޫރް ޚާން ބުނެފިއެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަރީނާ ބުނީ، އާމިރާއި އެއް ސްކްރީނަކުން ފެނުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށާއި، އޭނާ އަކީ އާމިރުގެ ވަރަށް ބޮޑު ފޭނެއް ކަމަށެވެ.
ކަރީނާ ބުނީ، އާމިރާއި އެކީ ފިލްމެއް ކުޅެން ލިބުމަކީ ހުވަފެން ސީދާވުން ކަހަލަ ކަމެއް ކަމަށެވެ. އާމިރުގެ އެކްޓިންގ މޮޅު ވާހަކައަށް ވެސް އޭނާ ވަނީ އަލިއަޅުވާލައިފައެވެ. އަދި އާމިރު ނަގާ ސްކްރިޕްޓް ތަކަކީ މޮޅު ސްކްރިޕްޓްތަކެއް ކަމަށާއި، މި ފިލްމު ކާމިޔާބުވާނެ ކަމަށް އުންމީދު ކުރާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ކަރީނާ އާއި އާމިރު އެކީ މިހާތަނަށް އެކީގައި ފެނިގެންދިޔައީ ދެ ފިލްމުންނެވެ. އެއީ " 3 އިޑިއަޓްސް" އަދި "ތަލާޝް" ފިލްމުންނެވެ. ދެ ތަރިން އެކީގައި ދެން ފެނިގެން ދާނީ އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ "ލާލް ސިންގް ޗައްޑާ" އިންނެވެ. އަދްވިތު ޗަންދަން ޑައިރެކްޓްކުރާ މި ފިލްމަކީ ހޮލީވުޑްގެ ފިލްމް "ފޮރެސްޓް ގަމްޕް" ގެ ރިމޭކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް