ބިދޭސީއެއްގެ އަތުން ފޭރުނު ދެމީހަކު ހައްޔަރުކޮށްފި

މަގުމަތިން ހިނގާފައިދިޔަ ބިދޭސީއެއްގެ އަތުން ފޭރުނުކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށް، މައްސަލަ ތަޙުޤީޤު ކުރަން ފަށައިފިއެވެ. ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގ...

09 Oct 2017 | 06:27

މަގުމަތިން ހިނގާފައިދިޔަ ބިދޭސީއެއްގެ އަތުން ފޭރުނުކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށް، މައްސަލަ ތަޙުޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވަނީ 37 އަހަރުގެ ފިރިހެނަކާއި 47 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި ދެމީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އޮފްރޯޑް ކައިރިން ބިދޭސީއެއްގެ އަތުން ފޯނަކާއި ވޮލެޓެއް ފޭރިގެންފައިވާކަމަށް، އެވަގުތު މާލެތެރެ ޕެޓްރޯލްކުރުމުގައި ޙަރަކާތްތެރިވި ފުލުހުންނަށް މަޢުލޫމާތު ލިބުމާ ގުޅިގެން އެމީހުން ހޯދުމަށް ކުރި މަސައްކަތުން އޮފްރޯޑް ކައިރިން ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް