މާލޭ ޖަލަށްވަދެ އިންޒާރު ދިން ކަމަށް ބުނާ އެންމެން ހޯދަން ވީޑިއޯ އެއް އާއްމުކޮށްފި

މާލޭ ޖަލަށް ބަޔަކު ވަދެ ގާޑުންނަށް އިންޒާރު ދިންކަމުގެ މައްސަލައެއް ކުރިން ފެންމަތިވެފައިވަނިކޮށް އެ މީހުން ކަމަށް ބެލެވޭ ބަޔަކު ހޯދަން ފުލުހުން ވީޑިއޯއެއް އާއްމު ކޮށްފި އެވެ. ވީޑިއޯ އާއްމު ކުރަމުން ފ...

09 Oct 2017 | 05:57

މާލޭ ޖަލަށް ބަޔަކު ވަދެ ގާޑުންނަށް އިންޒާރު ދިންކަމުގެ މައްސަލައެއް ކުރިން ފެންމަތިވެފައިވަނިކޮށް އެ މީހުން ކަމަށް ބެލެވޭ ބަޔަކު ހޯދަން ފުލުހުން ވީޑިއޯއެއް އާއްމު ކޮށްފި އެވެ.

ވީޑިއޯ އާއްމު ކުރަމުން ފުލުހުން ބުނެފައިވަނީ މަތީގައިވާ ވީޑިއޯ އިން ފެންނަ މީހުންނަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހުން ކަމަށެވެ. ނަމަވެސް އެއީ ކޮންބައެއް ކަމާ ކޮން މައްސަލައެއްގައި ހޯދާ ބައެއްކަން ފުލުހުން ބުނެފައެއް ނުވެ އެވެ.

އެހެންނަމަވެސް ވީޑިއޯއިން އެ ފެންނަނީ މާލޭ ޖަލުގެ އެތެރެ ކަމުގައިވާއިރު އަދި އެބުނާ އިންޒާރެއް ދިން ތާރީހަކީ 26 ޖުލައި 2017 ކަމަށްވުމުން އެމީހުންނަކީ އެދުވަހު އިންޒާރު ދިން ކަމަށް ބެލެވޭ މީހުންކަން ދުވަހަށް ވަނީ އެނގިފަ އެވެ.

މިމީހުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް