އުފަންދުވަސް ފާހަގަކުރަން "ރާއްޖެ" ދާކަށް ނޫޅެން: އަމީތާބު

އަމީތާބު އޭނާގެ 75 ވަނަ އުފަންދުވަސް ފާހަގަކުރަން ރާއްޖެ އަންނަ އުޅޭކަމަށް މީޑިއާތަކުގައި ހަބަރު ފެތުރިފައިވަނިކޮށް އޭނާ އެކަން ދޮގުކޮށްފި އެވެ. އޭނާ އެކަން ދޮގުކޮށްފައިވަނީ އޭނާގެ ބްލޮގުގައި ލިޔެފައި...

09 Oct 2017 | 04:57

އަމީތާބު އޭނާގެ 75 ވަނަ އުފަންދުވަސް ފާހަގަކުރަން ރާއްޖެ އަންނަ އުޅޭކަމަށް މީޑިއާތަކުގައި ހަބަރު ފެތުރިފައިވަނިކޮށް އޭނާ އެކަން ދޮގުކޮށްފި އެވެ.

އޭނާ އެކަން ދޮގުކޮށްފައިވަނީ އޭނާގެ ބްލޮގުގައި ލިޔެފައިވާ ލިޔުމެއްގަ އެވެ. އެ ބްލޮގުގައި އޭނާ ލިޔެފައިވަނީ މި އަހަރު ދިވާލީވެސް އަދި އުފަންދުވަސްވެސް ފާހަގަ ނުކުރާނެ ކަމަށެވެ.

އެ ބްލޮގުގައި ދިވެހިރާއްޖޭގެ ނަން ގެނެސްފައެއް ނުވެ އެވެ. ނަމަވެސް އޭނާ ބުނެފައިވަނީ އުފަންދުވަސް ފާހަގަކުރަން ދާން އުޅޭ ކަމަށް ބުނާ ތާކަށް ދާން ނޫޅޭ ކަމަށެވެ. އަދި އެ ހަބަރުތައް ފަތުރާ މީހުން އެ ހަބަރުތައް ފަތުރަނީ އެމީހުންނަށް މަސްދަރުތަކުން ލިބޭ މައުލޫމާތަށް ބިނާކޮށް ކަމަށެވެ. ނަމަވެސް އެކަމުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ބުނެފައި ވެ އެވެ.

އިންޑިއާގެ ބޮޑެތި ނޫސްތަކުގައި މިދިޔަ ހަފްތާގައިވަނީ އަމީތާބުގެ އުފަންދުވަސް ފާހަގަ ކުރުމަށް އާއިލާ އެކުގައި ރާއްޖެއަށް އަންނާނެ ކަމަށް ލިޔެފަ އެވެ.

އަމީތާބުގެ އުފަންދުވަހަކީވެސް އަދި އިންޑިއާގައި ދިވާލީ ފާހަގަ ކުރާ ދުވަހަކީވެސް މި މަހުގެ 11 ވަނަ ދުވަހެވެ. މި ދެ ރަސްމިއްޔާތު ފާހަގަ ނުކުރާން ނިންމިކަން އަމީތާބު ހާމަކޮށްފައިވީނަމަވެސް އެއްވެސް ސަބަބެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބުނާގޮތުގައި އަމީތާބުގެ އެ ނިންމުމަކީ ދާދިފަހު އޭނާގެ ދަނބިދަރި އައިޝްވާރިޔާގެ ބައްޕަ މަރުވެފައިވުމުން ނިންމި ނިންމުމެއް ކަމަށް ބެލެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް