ޅިޔަނު ފިލްމީ ދާއިރާއަށް ނެރެން ސަލާމްނު ފޫގަޅައިފި

ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާ ޚާން އާއި ކައިވެނިކޮށްގެން އުޅޭ ސަލްމާންގެ ޅިޔަނު އާޔުޝް ޝަރުމާ ބޮލީވުޑަށް ނެރެން ސަލްމާން ފޫގަޅާފައިވާކަމަށް ބޮލީވުޑް ހަބަރު ފަތުރާ ނޫސްތަކުން ބުނެފި އެވެ. މީގެ ކުރިން...

09 Oct 2017 | 04:47

ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާ ޚާން އާއި ކައިވެނިކޮށްގެން އުޅޭ ސަލްމާންގެ ޅިޔަނު އާޔުޝް ޝަރުމާ ބޮލީވުޑަށް ނެރެން ސަލްމާން ފޫގަޅާފައިވާކަމަށް ބޮލީވުޑް ހަބަރު ފަތުރާ ނޫސްތަކުން ބުނެފި އެވެ.

މީގެ ކުރިންވެސް މިފަދަ ވާހަކަތަކެއް ދެކެވިގެންދިޔަ އެވެ. ނަމަވެސް މާ ބޮޑު ތަފްސީލެއް ފެންމަތިވެފައެއް ނުވެ އެވެ. އެހެންނަމަވެސް ބޮމްބޭ ޓައިމްސް އިން މިވަނީ މިކަން ކަށަވަރުކޮށްފަ އެވެ.

އެގޮތުން އާޔުޝް ޝަރުމާ ބޮލީވުޑަށް ނިކުންނާނީ ސަލްމާން ޚާން ފިލްމްސް (އެސްކޭއެފް)ގެ ކުޑައިގެ ދަށުން ކަމަށް ބޮމްބޭޓައިމްސްގައި ބުނެފައި ވެ އެވެ. އަދި އެ ފިލްމުގެ ނަން ފާސްކޮށްފައިނުވި ނަމަވެސް ފިލްމު ޑައިރެކްޓް ކުރާނީ އަބީރާޖު މިނާވާލާ ކަމުގައިވެސް ބޮމްބޭ ޓައިމްސްއިން ވަނީ ބުނެފަ އެވެ.

މި ފިލްމެއް ރިލީޒްވާނެ ކަމަށް ބޮމްބޭޓައިމްސްއިން ލަފާ ކޮށްފައިވަނީ އަންނަ އަހަރުގެ ފަހުކޮޅުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް