އެހެން ގައުމުތަކުގެ ރިޔާސަތު މޭޒުވެސް ހުންނަނީ އުސްކޮށް ރީއްޗަށް ހަދާފައި: މޫސަ

އެހެން ގައުމުތަކަވެސް މަޖިލިސް ޗެމްބަރުގެ ރިޔާސަތު މޭޒު އުސްކޮށް ރީއްޗަށް ހަދާފަ ހުންނަ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވި ކަމަށް ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަ...

09 Oct 2017 | 04:32

އެހެން ގައުމުތަކަވެސް މަޖިލިސް ޗެމްބަރުގެ ރިޔާސަތު މޭޒު އުސްކޮށް ރީއްޗަށް ހަދާފަ ހުންނަ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވި ކަމަށް ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

މޫސަ އެހެން ވިދާޅުވި ކަމަށް ނިހާން ވިދާޅުވެފައިވަނީ ރިޔާސަތުގެ "ހިމާޔަތުގައި" ހަދާފައިވާކަމަށް ބުނާ "ފިލާ ފާރުގެ" ކައިރީގައި މޫސަ ހުއްޓިވަޑައިގެން ހުންނެވި ފޮޓޯއެއް އެޓޭޗްކޮށް ނިހާން ކުރެއްވި ޓްވީޓެއްގަ އެވެ.

މަޖިލީހުގެ އައު ޑިޒައިންގެ މޭސްތިރިއަކީ މޫސަ ކަމަށްވެސް އިތުރު ޓްވީޓެއްގައި ނިހާން ވަނީ ވިދާޅުވެފަ އެވެ.

މޫސަ މިހެން ވިދާޅުވި ކަމަށް ނިހާން ވިދާޅުވެފައިވާއިރު މަޖިލީހުގެ ޗެމްބަރަށް ގެނައި ބަދަލަށްފަހު ބޭއްވި ފުރަތަމަ ޖަލްސާ މިއަދު ވަނީ ކުރިއަށް ގެންގޮސް ނިންމާލާފަ އެވެ. ޖަލްސާ ކުރިއަށް ގެންދިޔައީ 13 މިނެޓަށެވެ. ޖަލްސާ ނިންމާލީ އެޖެންޑާގައިވާ ކަންކަން ނިންމާލައި ވޯޓަކަށްވެސް އެހުމަށްފަހުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް