އުސް ފާރުގެ ބިއްދޮށުގައި މަސީހު އިންނަވައިގެން މަޖިލީސް ފެށިގެން ކުރިއަށް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިގެން ކުރިއަށް އެބަ ދެ އެވެ. މަޖިލީސް ފެށިގެން ކުރިއަށްދާއިރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަނީ ރިޔާސަތައް ވަޑައިގެންފަ އެވެ. މަސީހު ރިޔާސަތުގައި އިންނެވ...

09 Oct 2017 | 04:07

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިގެން ކުރިއަށް އެބަ ދެ އެވެ.

މަޖިލީސް ފެށިގެން ކުރިއަށްދާއިރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަނީ ރިޔާސަތައް ވަޑައިގެންފަ އެވެ. މަސީހު ރިޔާސަތުގައި އިންނެވި އިރު އިދިކޮޅު ފަރާތްތަކުން އަންނަނީ އަޑުގަދަ ކުރަމުންނެވެ.

އަޕްޑޭޓް: 09:08

މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނެވި އިރު ރިޔާސަތުގެ ގޮނޑި ހިމެނޭ ޕްލެޓްފޯމު ވަނީ އުސް ކޮށްފަ އެވެ. އަދި ކުރިމަތީގައި ފާރެއްގެ ސިފައިގާ ފެންސެއްވެސް ގާއިމް ކޮށްފައި ވެ އެވެ.

އަޕްޑޭޓް: 09:16

ޖަލްސާގައި ވޯޓެއް ނެގުމަށްފަހު ޖަލްސާ ނިންމާލައިފި އެވެ. އެޖެންޑާގައިވާގޮތުން ނަމަ މިއަދު އޮތީ މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މާއްދާ އިސްލާހު ކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ އިސްލާހު އާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް އިއްވުމާއި، ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.

މިއަދުގެ މަޖިލީސް ކުރިއަށް ގެންގޮސްފައިވަނީ 13 މިނެޓް ވާންދެކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް