ރޮހިންގާ ދަރިކޮޅުގެ މުސްލިމުންތަކެއް ދަތުރުކުރި ބޯޓެއް ބަންޑޫން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ދެމީހަކު މަރުވެއްޖެ އެވެ.
ބަންގްލަދޭޝްގެ އޮފިޝަލުން ބުނެފައިވަނީ އެ ބޯޓު ބަންޑުން ޖަހާލީ ބަންގްލަދޭޝްގެ ދެކުނުގެ އައްސޭރިފަށަށް ކަމަށެވެ.
މި ހާދިސާގައި ކުޑަކުއްޖަކާއި އުމުރުން ދުވަސްވީމީހެއްގެ، މަރުވެފައިވާ ހަށިގަނޑު އައްސޭރިފަށުން ފެނިފައިވާކަމަށްވެސް ބަންގްލަދޭޝް އިން ވަނީ ބުނެފަ އެވެ.
މިޔަންމާ ސަރުކާރުން އެގައުމުގެ ރާހިން ސްޓޭޓްގައި ދިރިއުޅޭ ރޮހިންގާ މުސްލިމުން މަރަން ފެށުމުން އެ މުސްލިމުން އަންނަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަ ކުރަމުންނެވެ. އޮގަސްޓް 25 ގެ ކުރިން ރޮހިންގާ ދަރިކޮޅުގެ ތިން ލައްކަ މުސްލިމުން ބަންގްލަދޭޝް އަށް ހިޖުރަ ކޮށްފައިވާއިރު އޮގަސްޓް 25ގެ ފަހުން ފަސް ލައްކަ މުސްލިމުން ވަނީ ބަންގްލަދޭޝް އަށް ހިޖުރަ ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް