ގާޒާއިން އިޒްރޭލާއި ދިމާއަށް ފޮނުވާލި ރޮކެޓެއްގެ ރައްދުގައިކަމަށްބުނެ އިޒްރޭލުން ގާޒާއަށް ހަަމަލާދީފިއެވެ.
އިޒްރޭލުގެ އަސްކަރިއްޔާޢިން ބުނެފައިވަނީ ރޮކެޓް އިޒްރޭލަށް ފޯރާފައި ނުވާކަމަށާޢި ރޮކެޓް ވެއްޓުނީ ފަލަސްތީނުން ކޮންޓްރޯލް ކުރާ ސަރަހައްދުގެ ތެރެއަށް ކަމަށެވެ. އެހެނަސް ރައްދުގައި އެ އަސްކަރިއްޔާއިން ޓޭންކް ހަަމަލާއެއްދީ ހަމާސްއަށް ނިސްބަތްވާ އިމާރާތެއް ހަލާކުކޮށްލާފައިވާކަމަށްވެސް އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ގާޒާގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވަނީ އިޒްރޭލުން ދިން ހަަމަލާގައި އެއްވެސް މީހަކު ޒަހަމްވެފައި ނުވާކަމަށެވެ.
ގަޒާއިން ފޮނުވާލި ރޮކެޓް ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. އެހެން ނަމަވެސް އެސަރަހައްދުގައި ހިނގާ އިޒްރޭލުން އަޅުވަނީ ހަމާސް ޖަމާއަތުގެ ބޮލުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް