ޖަނަވަރީ މަގުގައި ޕާކު ކޮށްފައި އޮތް ކާރެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ ރޭ ގާތްގަނޑަކަށް 03:03 ހާއިރު ހިނގި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އެފްއާރުއެސްއަށް ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުންވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި ހާދިސާގައި ކާރުގައި ރޯވި އަލިފާން ނިއްވާލާފައިވަނީ ގާތްގަނޑަކަށް 03:13 ހާއިރު ކަމަށެވެ.
"ރޭ ހިނގި މި ހާދިސާގައި ރޯވި ކާރުގެ ފަހަތު ސީޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި މި ކާރުގެ ފަހަތު ސީޓުގެ ދޮރުފަތުގައި ހިމެނޭ ބިއްލޫރިގަނޑާއި ކާރުގެ ފަހަތުގައި ވާ ބިއްލޫރިގަނޑުވަނީ ތެޅިފައެވެ." އެމްއެންޑީއެފުން ބުނެފައި ވެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ މި ކާރަކީ ސަރުކާރުގެ ވުޒާރާއެއްގައި ބޭނުންކުރާ ކާރެއް ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންނަނީ މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް