ކެޓަލޯނިޔާ، ސްޕެއިންއިން ވަކިވުމާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ބާއްވައިފި

ކެޓެލޯނިއާ، ސްޕެއިން އިން ވަކިވެ ވަކި ދައުލަތެއް ގާއިމް ކުރުމާއި ދެކޮޅަށް އެ ސިޓީގެ ރައްޔިތުން ބޮޑު މުޒާހަރާއެއް ބާއްވައިފިއެވެ. މުޒާހަރާ އިންތިޒާމް ކުރި ސޮސައިޓެޓް ސިވިލް ކަޓަލަނާ އިން މުޒާހަރާގައި ނ...

09 Oct 2017 | 01:44

ކެޓެލޯނިއާ، ސްޕެއިން އިން ވަކިވެ ވަކި ދައުލަތެއް ގާއިމް ކުރުމާއި ދެކޮޅަށް އެ ސިޓީގެ ރައްޔިތުން ބޮޑު މުޒާހަރާއެއް ބާއްވައިފިއެވެ.

މުޒާހަރާ އިންތިޒާމް ކުރި ސޮސައިޓެޓް ސިވިލް ކަޓަލަނާ އިން މުޒާހަރާގައި ނުވަލައްކަ ތިރީސްހާސް މީހުން ބައިވެރިވެފައިވާކަަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް ބާސެލޯނާގެ ފުލުހުން ބުނެފައިވަނީ މުޒާހަރާގައި ބައިވެރިވެފައިވަނީ ތިންލައްކަ ފަންސާސްހާސް މީހުންކަމަށެވެ. މި މުޒާހަރާއަކީ ކެޓަލޯނިޔާގެ ސަރުކާރުން ވަކި ދައުލަތެއް ގާއިމްކުރަން މަސައްކަތްފެށި ފަހުން އެ ސިޓީގައި ބޭއްވި އެންމެ ބޮޑު އެއްބައިވަންތަކަމުގެ މުޒާހަރާއެވެ.

މި މުޒާހަރާ ބާއްވާފައި މިވަނީ ސްޕެއިންއާއި ވަކިން ދައުލަތެއް އުފެއްދުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނަގައި އެ ސިޓީގެ ރައްޔިތުންގެ މަޖިލީހުން އެކަން ތަސްދީގުކުރުމުގެ މަސައްކަތް ކެޓަލޯނިޔާގެ ސަރުކާރުން ކުރަމުން ދަނިކޮށެވެ. ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި 90 ޕަސެންޓް މީހުން ތާއީދުކޮށްފައިވަނީ ވަކި ދައުލަތެއް ގާއިމް ކުރުމަށްކަމަށް ކެޓަލޯނިޔާގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި  ވޯޓުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 43 ޕަސެންޓް މީހުން ބައިވެރިފެފައިވާކަމަށްވެސް އެ ސަރުކާރުން ވަނީ ހަމަކޮށްފައެވެ.

ކެޓަލޯނިޔާއަކީ ވަކި ދައުލަތެއްގެ ގޮތުގައި ގާއިމްކުރުމުގެ މަސައްކަތް ފުޅާވެގެން ގޮސްފައިވަނީ ސްޕެއިންގެ އިގްތިސާދު ދަށަށްދިއުމާއި ގުޅިގެންނެެވެ. މުޅި ސްޕެއިންގެ އިގްތިސާދުގެ ވިހި ޕަސެންޓް ހިއްސާ ކުރަނީ ކެޓަލޯނިޔާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް