ހުޅުމާލޭގެ ސެލޫންއާ ސްޕާތަކުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރި ހަތް ބިދޭސީން ހައްޔަރު ކޮށްފި

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރި ހަތް ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ހައްޔަރު ކުރީ ހުޅުމާލޭގެ ސެލޫން އަދި ސްޕާ ވިޔަފާރިތައް ބެލުމަށް ޓާސްކް ފޯހުން ހިންގި އ...

09 Sep 2026 | 04:48
ސްޕާ އަދި ސެލޫންތަކުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރި ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންދަނީ -- ފޮޓޯ: އިމިގްރޭޝަން

ސްޕާ އަދި ސެލޫންތަކުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރި ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންދަނީ -- ފޮޓޯ: އިމިގްރޭޝަން

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރި ހަތް ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ހައްޔަރު ކުރީ ހުޅުމާލޭގެ ސެލޫން އަދި ސްޕާ ވިޔަފާރިތައް ބެލުމަށް ޓާސްކް ފޯހުން ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ބިދޭސީންތަކެއް ކަމަށެވެ.

މި އޮޕަރޭޝަން ހިންގީ އިއްޔެ އެވެ.

މި އޮޕަރޭޝަނުގައި ޖުމްލަ އަށް ތަނެއް ޗެކްކޮށް 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ބަލާފައިވެއެވެ.

ހުޅުމާލޭގެ ސެލޫން އަދި ސްޕާ ވިޔަފާރިތަކަށް އަމާޒުކޮށް ހިންގި މި ފަދަ ޚާއްޞަ އޮޕަރޭޝަންތަކަކީ ގަވާއިދާ ޚިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވުން ހުއްޓުވުމަށް ކުރެވޭ މަސައްކަތް ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ.

މީގެ ކުރިން އިމިގްރޭޝަނުން ވަނީ ހުޅުމާލޭ ލޯކަލް މާރުކޭޓަށް ހާއްސަކޮށްވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް