ކޯވިޑަށް ފަރުވާ ދެމުން ދިޔަ 60 އަހަރުގެ މީހަކު މަރުވެއްޖެ

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެ އެވެ. އެޗްއީއޯސީން ބުނީ މަރުވެފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު އިރުއޮއްސި 6:24 ހާއިރު އެވެ. މަރުވި އރު...

09 Sep 2020 | 14:29

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

އެޗްއީއޯސީން ބުނީ މަރުވެފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު އިރުއޮއްސި 6:24 ހާއިރު އެވެ.

މަރުވި އރު ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި އެވެ.

މިއީ ރާއްޖެއިން މި ބަލީގައި މަރުވި 30 ވަނަ މީހާ އެވެ. މަރުވި މީހުންގެެ ތެރެއިން 24 މީހުންނަކީ ދިވެހިންނެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް ޖެހިފައިވާ 139 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދެ އެވެ. އެ އެންމެންނަކީ ދިގު މުއްދަތަކަށް ފަރުވާ ހޯދަން ޖެހޭ ބަލިތައް ޖެހިފައިވާ މީހުން ކަމަށް އެޗްއީއޯސީން މައުލޫމާތުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް