ނޮބެލް ސުލްހައިގެ އިނާމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޮމިނޭޓްކޮށްފިއެވެ.
ދުނިޔޭގެ އަމާންކަމާއި ސުލްހައަށް ފާހަގަކޮށްލެވޭ މަސައްކަތް ކުރާ ފަރާތްތަކަށްދޭ މި އިނާމަށް ޓްރަމްޕު ނޮމިނޭޓް ކުރުމަށް ހުށަހަޅާފައިވަނީ ނޯވޭގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ކްރިސްޓިއަން ޓައިބްރިންގް އެވެ.
އަންނަ އަހަރުގެ ނޮބެލް ސުލްހައިގެ އިނާމަށް ޓްރަމްޕް ނޮމިނޭޓު ކުރުމަށް ހުށަހެޅީ އިސްރާއީލާއި ޔޫއޭއީއާ ދެމެދު ސުލްހަ ގާއިމުކުރުމަށް ޓްރަމްޕް ކުރެއްވި މަސައްކަތްތަކާ ގުޅިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މި އިނާމުދޭ ކޮމެޓީއަށް އޭނާ ފޮނުއްވި ސިޓީގައި ކްރިސްޓިއަން ވިދާޅުވެފައިވަނީ މި އިނާމަށް މީގެކުރިން ނޮމިނޭޓް ވެފައިވާ އެހެން ހުރިހާ ފަރާތްތަކަކަށް ވުރެ ބޮޑަށް ގައުމުތަކުގެ މެދުގައި ސުލްހަ ގާއިމުކުރަން ޓްރަމްޕް ކުރައްވާފައިވާ މަސައްކަތްތައް ގިނަ ކަމަށެވެ. އަދި އެއީ ފާހަގަކުރަން ޖެހޭ ކަމެއް ކަމަށެވެ.
2018 ވަނަ އަހަރުވެސް މި އިނާމަށް ޓްރަމްޕް ނޮމިނޭޓް ކުރަން ހުށަހަޅާފައިވާ އިރު، ޓްރަމްޕުވެސް ވިދާޅުވެފައިވަނީ އިންސާފުވެރިކަމާއެކި މި އިނާމު ދޭ ނަމަ، އޭނާއަށް ލިބެން ޖެހޭނެ ކަމަށެވެ.
މި އިނާމަށް ނޮމިނޭޓް ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް