ނ. އަތޮޅު ހޮސްޕިޓަލާއި ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ކަށީގެ އޮޕަރޭޝަންތަކެއް ކޮށްފި އެވެ.
ނ. އަތޮޅު ހޮސްޕިޓަލުގައި ކުރި ކަށީގައި އޮޕަރޭޝަނަކީ އެ ހޮސްޕިޓަލްގައި ކުރި ކަށީގެ ފުރަތަމަ އޮޕަރޭޝަނެވެ. މި އޮޕަރޭޝަން ކޮށްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކަށީގެ ޑޮކްޓަރުންގެ ޓީމެއް އެ ރަށަށް ނ. މަނަދޫއަށް ގޮސްގެންނެވެ.
ނ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ އޮޕަރޭޝަން ކާމިޔާބު ކަމަށެވެ.
ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މީގެ ކުރިން ކަށީގެ ބޮޑެތި އޮޕަރޭޝަންތައް ކޮށްފައި ވީނަމަވެސް އިއްޔެ ކޮށްފައިވަނީ ކޮނޑުކަށިގަނޑުގެ އޮޕަރޭޝަނެކެވެ.
އަބްދުއް ސަމަދު މެމޯރިއަލް ހޮސޕިޓަލްގައި ކުރެވުނު ކަށީގެ މި އޮޕަރޭޥަނަކީ ރާއްޖޭގެައި ކުރެވުނު މިފަދަ ފުރަތަމަ އޮޕަރޭޝަނެވެ. މި އޮޕަރޭޝަން ކުރެއްވީ ކަށީގެ ހާއްސަ ޑޮކްޓަރު އާޒިމް އަހުމަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް