އިންޑިއާ ރާއްޖެ ފެރީ: ފުރަތަމަ ކާގޯ ފެރީ މި މަހު 26ގައި ރާއްޖެ އަންނާނެ

އިންޑިއާ އާއި ރާއްޖެއާއި ދެމެދު ބާއްވާ ފެރީ ނިޒާމުގެ ދަށުން ކުރެވޭ ފުރަތަމަ ފެރީގެ ދަތުރު މި މަހުގެ 20ގައި ފެށުމަށް އެންމެހާ ތައްޔާރީތައް ވެ ނިމިފައިވާކަމަށް އިންޑިއާއިން ބުނެފިއެވެ. އެގޮތުން އިންޑިއާ...

09 Sep 2020 | 02:36

އިންޑިއާ އާއި ރާއްޖެއާއި ދެމެދު ބާއްވާ ފެރީ ނިޒާމުގެ ދަށުން ކުރެވޭ ފުރަތަމަ ފެރީގެ ދަތުރު މި މަހުގެ 20ގައި ފެށުމަށް އެންމެހާ ތައްޔާރީތައް ވެ ނިމިފައިވާކަމަށް އިންޑިއާއިން ބުނެފިއެވެ.

އެގޮތުން އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ތޫތުކުޑީ ބަނދަރުން ފުރަތަމަ ކާގޯ ފެރީ ފުރުމަށް މިހާރު އޮތީ ތައްޔާރަށެވެ. މި މަހު 20ގައި އެ ފެރީ ތޫތުކުޑީ ބަނދަރުން ފުރާނެއެވެ. އަދި 22 ގައި ކޮޗިން ބަނދަރަށް ގާތް ކުރުމަށްފަހު 26ގައި ރާއްޖެ އަންނާނެއެވެ. އަދި ރާއްޖެއިން އަނބުރާ އިންޑިއާއަށް މި ފެރީ ދާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގައެވެ.

މި ފެރީގައި ވިޔަފާރި މުދަލާއި ކެއުން ބުއިމަށް ބޭނުންވާ މުދާ ރާއްޖެ އެތެރެކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ދަ ހިންދޫ ބިޒްނަސް ލައިނަށް ދީފައިވާ އިންޓަވިއުއެއްގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު، ސަންޖޭ ސުދީރު ވިދާޅުވެފައިވަނީ މިއީ އިންޑިއާގެ "ނެއިބަރހުޑް ފަސްޓް" ޕޮލިސީގެ ދަށުން ފެށޭ މުހިންމު ފެށުމެއް ކަމަށާއި އެއް މަގުސަދަކީ ރާއްޖެއަށް އަގުހެޔޮކޮށް މުދާ ލިބުމުގެ ފުރުސަތު ފަހިވެގެން ދިއުން ކަމަށެވެ.

ރާއްޖެ -އިންޑިއާ ފެރީ ނިޒާމުގެ ދަށުން ބާއްވާ ފެރީގެ ގޮތުގައި އިންޑިއާ އިން ބޭނުން ކުރުމަށް ހަމަޖެހިފައިވާ ފެރީގެ ނަމަކީ "އެމްސީޕީ ލިންޒް"އެވެ. މި ފެރީއަކީ 380 ކޮންޓެއިނަރު، އަދި 3،000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް