މަރު ކޮމިޝަނުގެ މަސައްކަތް ފުރިހަމަކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ބައެއް ޤާނޫނޫތަކަށް އިސްލާހު ގެންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރިޟްވާންގެ މަރާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ރިޕޯޓާ ގުޅިގެން ކަމާ ގުޅޭ މުއައްސަސާތަކާއި މަޝްވަރާ ކުރައްވާފައިވާނެ ކަމަށާއި އަދި މި މައްސަލައިގެ ތަޙްޤީޤާ ގުޅޭގޮތުން މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތަށް ލަސްވުމެއްނެތި އެޅުމަށް ހުރިހާ ފަރާތްތަކުން އެއްބަސްވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މައްސަލަ ތަޙްޤީޤު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ޤާނޫނީ ހުރަސްތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެ ހުރަސްތައް ނައްތާލުމަށް ބައެއް ޤާނޫނުތަކަށް ބަދަލު ގެނައުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ޓެރަރިޒަމާ ބެހޭ ޤާނޫނު އަދި ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް ބަދަލު ގެނައުމަށް މިހާރު ނިންމަވާފައިވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަޙްޤީޤުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާ އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަޙްޤީޤުގެ ބޮޑުބައެއްވެސް ނިމިފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް