ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އައްޑޫ ސިޓީ ހިތަދޫ ގެއެއް ބަލައިފާސްކޮށް ބަނގުރަލާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދެ ފިރިހެނުންނެވެ.
މީގެ އިތުރުން ފުލުހުން ބުނިގޮތުގައި މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ހިތަދޫ ގެއެއްގައި ބަނގުރާ ކައްކައި، އެބޭނުންކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ސެޕްޓެންބަރު މަހުގެ ފަސްވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައިއެވެ.
އެގޮތުން މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ގޭގެ ކޮޓަރިއެއްގެ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއަކާއި ފަސް ލީޓަރުގެ ފުޅިއެއް ފެނިފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި ދެމީހުންގެ ބަންދާއި މެދު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް