ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން އޯޕަން ފެތުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
ދިރާގުން ބުނި ގޮތުގައި "ދިރާގު މާލެ އޯޕަން ސްވިމިން ކޮމްޕެޓިޝަން 2019" މި މުބާރާތް ބޭވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު، ހެނދުނު ހަޔަކުން 11 އަށެވެ. މި މުބާރާތް އޮތުމަށް ހަމަޖެހިފައިވަނީ މާލެ ރަސްފަންނާ ދިމާ ބޭރުގައެވެ.
މި މުބާރާތަކީ އެއް ކިލޯ މީޓަރާއި 500 މީޓަރުގެ އޯޕަން ވޯޓާ ފެތުމުގެ މުބާރާތެކެވެ.
އެގޮތުން ދިރާގުން ބުނީ އެއް ކިލޯ މީޓަރު ފެތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަސްފަންނު ސަރަހައްދުން ބޭރުންނެވެ. އަދި 500 މީޓަރު ފެތުން ކުރިއަށް ދާނީ ރަސްފަންނު ސަރަހައްދުގައިކަމަށެވެ.
މި މުބާރަތް ހުރިހާ އުމުރުފުރައަކަށް ހުޅުވާލުމުގެ އިތުރުން 50 އަހަރުން މަތީގެ މީހުންނަށް ހުޅުވާލައިފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް