ރިލްވާންގެ މައްސަލައިގައި ހައްޔަރު ކުރަން ޖެހޭ ކޮންމެ މީހަކު ހައްޔަރުކުރާނަށް: ރައީސް

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ހައްޔަރު ކުރަން ޖެހޭ ކޮންމެ މީހަކު މި ސަރުކާރުން ހައްޔަރު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރަހީނުކޮށް މަރާލި ރިލްވާނުގެ...

09 Sep 2019 | 09:22

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ހައްޔަރު ކުރަން ޖެހޭ ކޮންމެ މީހަކު މި ސަރުކާރުން ހައްޔަރު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރަހީނުކޮށް މަރާލި ރިލްވާނުގެ މައްސަލައިގައި މަރުކޮމިޝަނުން އެކުލަވާލި ރިޕޯޓާއި ގުޅިގެން މިއަދު ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވިދާޅުވީ، ރިޕޯޓާ ގުޅިގެން ދައުލަތުގެ ކަމާ ގުޅޭ ހުރިހާ މުއައްސަސާތަކާ އެކު އިއްޔެ އެމަނިކުފާނު ބައްދަލު ކުރެއްވި ކަމަށެވެ. އަދި ހުރިހާ މުއައްސަސާތައް ގުޅިގެން ވީހާ ވެސް އަވަހަކަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެންމެންނަށް އެއްބަސްވެވުނު ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިވަގުތު ވެސް ބަޔަކު ހައްޔަރު ކުރަން ޖެހޭނަމަ، ލަސްކުރުމެއް ނެތި މިއަދުން މިއަދަށް ހައްޔަރުކުރާނެ ކަމަށެވެ. އަދި ތަޙްގީގަށް ހާޒިރުކުރަން ޖެހޭ ނަމަ އެކަން ވެސް ކުރާނެކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރިޕޯޓް އާންމު ވެގެން ދިޔައިރު، މުއައްސަސާތައް ގުޅިގެން ފިޔަވަޅު އަޅަން އުނދަގޫވި ސަބަބަކީ އެ ރިޕޯޓް އޮތީ ކަމާ ގުޅޭ ބައެއް މުއައްސަސާތަކާ ހިއްސާނުކުރެވި ކަމުގައިއެވެ. ނަމަވެސް މިއަދުން ފެށިގެން ފިޔަވަޅުތަށް އެޅިގެން އަންނަތަން ފެއްނާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް