އިއްޔެ އަކީ އިންޓަނޭޝަނަލް ލިޓަރަސީ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި އުރީދޫން މިވަނީ ވަރަށް ހާއްސަ ހަދިޔާއެއް ދޫކޮށްލާފައެވެ.
އެއީ ފޮތް ބާސްކެޓެއް ލިބުމުގެ ފުރުސަތެވެ. އުރީދޫގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ބުނެފައިވާގޮތުގައި އެމީހެއްގެ ފެވަރިޓް ފޮތް އުރީދޫގެ ޓްވީޓަށް ކޮމެންޓެއްގެ ގޮތުގައި ރިޕްލައި ކޮށްލައިގެން ނުވަތަ ފޭސްބުކްގައިވާ ޕޯސްޓަށްވެސް ރިޕްލައި ކޮށްލައިގެން މި ފޮތް ބާސްކެޓް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އާއިލާ އެންމެންނަށް ކަމުދާނެ ތަފާތު އެކި ވައްތަރުގެ ފޮތްތައް މި ބާސްކެޓްގައި ހިމެނޭނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން މި ފުރުސަތު ހުޅުވާލާފައިމިވަނީ މިއަދު ހަވީރު 06:00 އާއި ހަމައަށެވެ. އޭގެން ކުރިން އަވަހަށް، އުރީދޫ ސޯޝަލް މީޑިއާގައިވާ މި ޕޯސްޓަށް ރިޕްލައި ކޮށްލައްވާށެވެ.
https://twitter.com/OoredooMaldives/status/1170713653055827970
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް