ރައީސް އަދ.ގައި ދިވެހި ބަހުން ތަގުރީރު ކުރެއްވުމަށް ބަހުގެ އެކެޑަމީން އެދިއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދ.ގައި ކުރައްވާ ތަގުރީރު ދިވެހި ބަހުން ދެއްވުމަށް ދިވެހިބަހުގެ އެކެޑަމީން އެދިއްޖެއެވެ. ދިވެހި ބަހުގެ އެކެޑަމީގެ ރައީސް، އަޝްރަފް އަލީ އިއްޔެ ކުރެއް...

09 Sep 2019 | 05:57

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދ.ގައި ކުރައްވާ ތަގުރީރު ދިވެހި ބަހުން ދެއްވުމަށް ދިވެހިބަހުގެ އެކެޑަމީން އެދިއްޖެއެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް، އަޝްރަފް އަލީ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދ.ގެ މަޖިލީހުގައި ރައީސް ދިވެހި ބަހުން ތަގުރީރު ކުރެއްވުން ވާނީ ދިވެހި ގައުމިއްޔަތުގެ ޝަރަފާއި، ގަދަރާއި، ހައިބަތު އުފުލޭނެ ކަމަކަށެވެ.

https://twitter.com/ashraf830/status/1170750867441455104

މިމަހުގެ 17 އިން 30 އަށް އެމެރިކާގެ ނިއުޔޯކުގައި ކުރިޔަށްދާ އދ.ގެ އާންމު ޖަލްސާގައި ރައީސް ތަގުރީރިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސެއް އދ.ގެ ޖަލްސާއެއްގައި ތަގުރީރު ކުރައްވާނެ ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް