ޗުއްޓީގައި ހިތާނަކުރަން ނަން ނޯޓުކުރުމަށް އައިޖީއެމްއެޗުން ހުޅުވާލައިފި

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް  ބޮޑު ޗުއްޓީގައި ހިތާނަކުރަން ބޭނުންވާ ފަރާތްތަކުން އައިޖީއެމް ހޮސްޕިޓަލުގައި ނަން ނޯޓު ކުރުމަށް އެ ހޮސްޕިޓަލުން ހުޅުވާލައިފިއެވެ. މިއަހަރުގެ ބޮޑު ޗުއްޓީގަ...

09 Sep 2019 | 05:13

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް  ބޮޑު ޗުއްޓީގައި ހިތާނަކުރަން ބޭނުންވާ ފަރާތްތަކުން އައިޖީއެމް ހޮސްޕިޓަލުގައި ނަން ނޯޓު ކުރުމަށް އެ ހޮސްޕިޓަލުން ހުޅުވާލައިފިއެވެ.

މިއަހަރުގެ ބޮޑު ޗުއްޓީގައި ހިތާނަ ކުރުމުގެ ހިދުމަތް އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި މިމަހުގެ 15 އިން 30 އަށް ހިތާނަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނިގޮތުގައި، ނޮވެމްބަރު މަހުގެ 21 އިން ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް އެ ހޮސްޕިޓަލުން ހިތާނަކޮށްދޭއިރު، އެ މުއްދަތުގެ ތެރޭގައި އާދިއްތަ، ބުދަ އަދި ބަންދު ނޫން ކޮންމެ ދުވަހަކަށް ނަން ނޯޓުކޮށްފައިވާ ތަރުތީބުން ހިތާނަކޮށްދޭނެއެވެ. އެ ހޮސްޕިޓަލުން ދޫކުރާނީ ދުވާލަކަށް 15 ޖާގައެވެ.

ހިތާނަކުރަން ނަން ނޯޓު ކުރުމަށާއި މައުލޫމާތު ސާފުކުރުމަށް ދަރުމަންތަ ކޮމްޕްލެކްސްގެ ތިން ވަނަ ފަންގިފިލާގައި ހުންނަ، ސާޖަރީ ކައުންޓަރަށް ހެނދުނު 08:00 އާއި ހަވީރު 04:00 އާ ދެމެދު ވަޑައިގެން ނުވަތަ 3335300 ނަންބަރަށް ގުޅައިގެން ޚިދުމަތް ހޯއްދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް