އެއް އަހަރުގެ ކުއްޖަކު ދަންވަރު މަގުމަތީގައި ރޯން ހުއްޓާ ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެންގޮސްފި

ރޭ ދަންވަރު މާލޭގެ މަގެއްގެ މަތީގައި ރޯން އިން ކުޑަކުއްޖަކު ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެންގޮސްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ރޭ 12:43 ހާއިރު އެކުއްޖާ މަގުމަތީގައި...

09 Sep 2019 | 04:42

ރޭ ދަންވަރު މާލޭގެ މަގެއްގެ މަތީގައި ރޯން އިން ކުޑަކުއްޖަކު ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެންގޮސްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ރޭ 12:43 ހާއިރު އެކުއްޖާ މަގުމަތީގައި ރޯން ހުއްޓާ ފެނުނީ މާލެ ތެރެ ޕެޓްރޯލް ކުރަމުންދ ދިޔަ ފުލުހުންނަށެވެ. އެއީ ކޮން މަގެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެއީ ބުރުޒު މަގެވެ.

"މަގުމަތީގައި ރޯން ހުރި ކުޑަ ކުއްޖަކު ފެނިގެން ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެނެސްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވާގޮތުގައި މިހާރު އެކުއްޖާ ވަނީ ކުއްޖާގެ ބެލެނިވެރިންނާ ހަވާލުކޮށްފައެވެ. ފުލުހުން ބުނެފައިވާގޮތުގައި އެއީ އުމުރުން އެއް އަހަރުގެ ކުއްޖެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް