ބީއެމްއެލް އިސްލާމިކްގެ އާ ހެޑްކުއާޓަރސް ހުޅުވައިފި

ކަސްޓަމަރުންގެ ލުއިފަސޭހަޔަށް ބޭންކް އޮފް މޯލްޑިވްސް އިން އިސްލާމިކް ބޭންކިންގ އަށް ހާއްސަކޮށް އާ ހެޑްކުއާޓަރސް ހުޅުވައިފިއެވެ. ބީއެމްއެލް އިސްލާމިކް އަށް އިތުރުވަމުންދާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކ...

09 Sep 2019 | 04:36

ކަސްޓަމަރުންގެ ލުއިފަސޭހަޔަށް ބޭންކް އޮފް މޯލްޑިވްސް އިން އިސްލާމިކް ބޭންކިންގ އަށް ހާއްސަކޮށް އާ ހެޑްކުއާޓަރސް ހުޅުވައިފިއެވެ.

ބީއެމްއެލް އިސްލާމިކް އަށް އިތުރުވަމުންދާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ހުޅުވުނު މި ޒަމާނީ ހެޑްކުއާޓަރސް ހުޅުވީ ބޮޑުތަކުރުފާނުގައި ހުންނަ ހ. ޒޮނޭރިއާ ގައެވެ. މި ހެޑްކުއާޓަރސް ހުޅުވައިދެއްވީ މިކަމަށް ހާއްސަކޮށްގެން އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ފިނޭންސް އެން ޓްރެޒަރީ އިބްރާހިމް އަމީރެވެ.

ބީއެމްއެލް އިން ބުނީ، ހުޅުވިގެންދިޔަ އާ ހެޑްކުއާރޓާސް އިން ކައުންޓަރު މެދުވެރިކޮށް ފައިސާ ގެ މުއާމަލާތުގެ ޚިދުމަތުގެ އިތުރުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެކި އެކި ޚިދުމަތް ފޯރުކޮށްދިވިގެންދާނެ ކަމަށެވެ. އެ އިމާރާތުގައި ގާއިމް ކުރެވިފައިވާ ކަސްޓަމަރ އެޑްވައިސް ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ޝަރީޢާ އާއި އެއްގޮތްވާ ގޮތުގެ މަތިން މައޫލޫމާތު ފޯރުކޮށްދެވިގެންދާނެ ކަމަށާއި، 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްގެ ކޮންވެންޝަނަލް އިން ދޭ ކޮންމެ ޚިދުމަތެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބިގެންދާނެއެވެ. ބީއެމްއެލް އިސްލާމިކް ގެ ޚިދުމަތް ފަރުމާކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ މިންގަނޑުތަކުގެ މައްޗަށް ބިނާކުރެވިގެންނެވެ. ކަސްޓަމަރުން ބޭންކަށް ޖަމާކުރާ ފައިސާ ބެލެހެއްޓެނީ މުޅިން ވަކީންނެވެ. އަދި މި ފައިސާ ބޭނުންކުރެވޭނީ ޝަރީޢާ ހުއްދަ ބޭނުންތަކަށެވެ. މި ހުރިހާ ކަންތައް ބަލަމުންދަނީ ބައިނަލް އަޤްވާމީ މާހިރުން ހިމެނޭ ބޭންކުގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް