އިންޑިއާގެ ޕޮލިސް ސްޓޭޝަނެއްގައި އަންހެން ފުލުހަކު ރޭޕުކޮށްފި

އިންޑިޔާގެ ހަރިޔާނާގައި ގާއިމްކޮށްފައި ހުންނަ ހަމައެކަނި އަންހެން ފުލުހުންނަށް ހާއްސަ ފުލުހުންގެ މަރުކަޒެއްގައި އަންހެން ސަބް އިންސްޕެކްޓަރަކު ރޭޕް ކޮށްލައިފިއެވެ. ރޭޕްކޮށްލާފައިވަނީ ދެ ފިރިހެނަކު އެ ...

09 Sep 2018 | 10:55

އިންޑިޔާގެ ހަރިޔާނާގައި ގާއިމްކޮށްފައި ހުންނަ ހަމައެކަނި އަންހެން ފުލުހުންނަށް ހާއްސަ ފުލުހުންގެ މަރުކަޒެއްގައި އަންހެން ސަބް އިންސްޕެކްޓަރަކު ރޭޕް ކޮށްލައިފިއެވެ.

ރޭޕްކޮށްލާފައިވަނީ ދެ ފިރިހެނަކު އެ އަންހެން ފުލުހަށް ވަޅިން ބިރުދައްކައިގެން ކަމަށާއި އަދި މައްސަލަ ފުލުހަށް ހުށައަޅައިފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދީފައިވާކަމަށް ހާދިސާގައި ޝިކާރައަކަށް ވި އަންހެން ފުލުހާއި ހަވާލާދީ އިންޑިޔާގެ ނޫސަތަކުން ވަނީ ރިޕޯޓުކޮށަފައެވެ.

މިކަމާއި ގުޅިގެން ފަސް މީހަކާ ދެކޮޅަށް މައްސަލަ ހުށައަޅާފައިވާއިރު ތަހުގީގު ފެށިގެން ކުރިއަށް ދާކަމަށް ކަމަށް އިންޑިއާގެ ނޫސްތަކަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެހެނަނަމަވެސް މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ. މީގެ އިތުރުން އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ތަފާތު ހިސާބުތައް ދައްކާގޮތުގައި 2017 ވަނަ އަހަރުގެ ކޮންމެ ދުވަހެއްގައި ހަރިޔާނާގައި ހަތަރު އަންހެނަކު ވަނީ ރޭޕް ކޮށްލައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް