ބޭރު ގައުމުތަކުގައި ވޯޓުލުން ކުރިއަށްދާނެ ވަގުތުތައް އާންމުކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ ބޭރު ގައުމުތަކުގައި ވޯޓުލުން ކުރިއަށްދާނެ ވަގުތުތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ. އިލެކްޝަންސުން މި ވަގުތުތައް އާންމުކޮށްފައިވަނީ މި...

09 Sep 2018 | 10:14

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ ބޭރު ގައުމުތަކުގައި ވޯޓުލުން ކުރިއަށްދާނެ ވަގުތުތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.

އިލެކްޝަންސުން މި ވަގުތުތައް އާންމުކޮށްފައިވަނީ މިއަދު ކުރި އިއުލާނެއްގައެވެ.

އެ އިއުލާނުގައި ބުނެފައިވާގޮތުގައި އިންޑިއާ، ސްރީލަންކާ، އިނގިރޭސި ވިލާތް އަދި މެލޭޝިއާގައި ވޯޓު ލުން އޮންނާނީ ވަކި ގަޑިތަކެއްގަ އެވެ. އެގޮތުން މެލޭޝިޔާގެ ކުއާލަ ލަމްޕޫރްގައި ބަހައްޓާ ފޮއްޓަށް ވޯޓު ލުން އޮންނާނީ މެލޭޝިޔާ ގަޑިން އެ ދުވަހު ހެނދުނު 11:00 އިން ރޭގަނޑު 7:00 އަށް ކަމަށާއި އިނގިރޭސި ވިލާތުގެ ލަންޑަންގައި އެ ތަނުގެ ގަޑިން ހެނދުނު 9:30 އިން ހަވީރު 5:30 އަށް ކަމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސްރީލަންކާގެ ކޮލޮމްބޯގައި ވޯޓުލުން ކުރިއަށްދާނީ ލަންކާ ގަޑިން ހެނދުނު 8:30 އިން ހަވީރު 4:30 އަށް ކަމަށާއި އަދި އިންޑިއާގެ ޓްރިވެންޑްރަމުގައި އެ ތަނުގެ ގަޑިން ހެނދުނު 8:30 އިން ހަވީރު 4:30 އަށް ވޯޓު ލުން އޮންނާނެ ކަމުގައިވެސް އިލެކްޝަންސުން ބުނެފައިވެއެވެ.

މި މހުގެ 23 ވަނަ ދުވަހުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 262،135 އެވެ. މޮނިޓަރުންގެ ގޮތުގައި 10،506 މޮނިޓަރުން ބައިވެރިވާނެ އެވެ. އަދި އޮފިޝަލުންގެ ގޮތުގައި 1،895 މީހުން ހަރަކާތްތެރިވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް