ހިތަދޫ ފިހާރައެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

އައްޑޫ ސިޓީ ހިތަދޫ "ކައްޓި ހިތްވަރު" ނަމަކަށް ކިޔާ ފިހާރައެއްގައި ރޯވެ ބޮޑުބައި އަނދާ ހުލިވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓު ކޮށްފައިވަނީ ރޭ ފަތިހު 4:47 ހާއިރު ކަމަށެވެ. އެމްއެންޑީއެފް...

09 Sep 2018 | 07:56

އައްޑޫ ސިޓީ ހިތަދޫ "ކައްޓި ހިތްވަރު" ނަމަކަށް ކިޔާ ފިހާރައެއްގައި ރޯވެ ބޮޑުބައި އަނދާ ހުލިވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓު ކޮށްފައިވަނީ ރޭ ފަތިހު 4:47 ހާއިރު ކަމަށެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ޓީމަކުން ގޮސް ކުރި މަސައްކަތުން އަލިފާން ގަނޑު ނިއްވާލެވުނީ ފަތިހު 5:25 ހާއިރު އެވެ.

މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އެކަމަކު އެ ފިހާރައިގެ 90 ޕަސެންޓު އަދާ ހުލިވެފައިވާ ކަމަށް މައުލޫމާތުދެ އެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް