އިންސްޓަގްރާމަށް ސުޝާންތު އޮޅުނީތަ؟

ބޮލީވުޑްގެ މަޝްހޫރު ބަތަލް ސުޝާންތް ސިންގ ރާޖްޕުޓްގެ ވެރިފައިޑް އިންސްޓަގްރާމް އޮޅޭ ގޮތް ވެއްޖެ އެވެ. މިކަން ހާމަކުރީ ސުޝާންތެވެ. އޭނާ އަކީ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާއި ވަރަށް ގާތް ގުޅުމ...

09 Sep 2018 | 05:06

ބޮލީވުޑްގެ މަޝްހޫރު ބަތަލް ސުޝާންތް ސިންގ ރާޖްޕުޓްގެ ވެރިފައިޑް އިންސްޓަގްރާމް އޮޅޭ ގޮތް ވެއްޖެ އެވެ.

މިކަން ހާމަކުރީ ސުޝާންތެވެ. އޭނާ އަކީ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ މީހެކެވެ. އޭނާގެ ޕޯސްޓުތަކަށް ކޮމެންޓު ކުރާ އެތައް ހާސް ބަޔަކަށް ވަކިވަކިން ޖަވާބު ދެ އެވެ.

އެކަމަކު އެގޮތަށް މިހާރު ޖަވާބު ނުދެވޭ ކަމަށް ބުނެ ސުޝާންތު އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ ސަޕޯޓަރުން ކުރާ ކޮމެންޓުތަކަށް ޖަވާބު ދިނުމަށް މަސައްކަތް ކުރުމުން އިންސްޓަގްރާމުން ފޮނުވާ މެސެޖުގެ ސްކްރީން ޝޮޓެއް އާންމުކޮށްފައި އެވެ. އޭގައި ބުނެފައިވަނީ ކޮމެންޓުތަކަށް ޖަވާބު ދިނުމުގެ ފީޗާ ސުޝާންތު ނާޖާއިޒު ގޮތުގައި ބޭނުން ކުރަމުންދާތީ އެ ފީޗާ ބްލޮކް ކޮށްފައިވާ ކަމަށެވެ.

އެއީ ކިހިނެތްކަމެއް އޭނާ އަކަށް ނޭނގޭ ކަމަށާއި، އިންސްޓަގްރާމަށް ސުޝާންތުގެ އެކައުންޓަކީ އަސްލު އޭނާގެ އެކައުންޓުކަން ނޭނގެނީތޯ ސުވާލުކޮށްފައިވެ އެވެ. އެ ޕޯސްޓަށް ސަޕޯޓަރުން ކުރި ކޮމެންޓުތަކުގައި ބުނެފައިވަނީ އެހެން ދިމާވަނީ އެއް މިނެޓު ތެރޭ  އެތައް ހާސް ބަޔަކު ކުރާ ކޮމެންޓުތަކަށް ސުޝާންތު ޖަވާބު ދޭން މަސައްކަތް ކުރާތީ ކަމަށެވެ.

ސުޝާންތައް މި މައްސަލަ ކުރިމަތި ވިއިރު ދާދިފަހުން ކްރިތީ ސަނަން، އަބީޝެކް ބައްޗަން، އަނޫޕަން ހެއިރ އަދި ޝާހިދު ކަޕޫރު ސޯޝަލް މީޑިއާ އެކައުންޓުތައް ހެކް ކުރި އެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް